މޯލްޑިވްސް އިސްލާމިކް ސޯޝަލް ފައިނޭންސް އިނީޝިއޭޓިވް ގެ އެންމެ މުހިއްމު އަމާޒަކީ މުޖުތަމަޢުގެ ކޮންމެ ފަރުދަކީ އިޤްތިޞާދުގައި ބައިވެރިވުން އޮންނަ މީހަކަށް ހެދުންކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރނަރ އަހްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
އެމަނކުފާނު މިހެން ވިދާޅުވީ "މޯލްޑިވްސް އިސްލާމިކް ސޯޝަލް ފައިނޭސިންގެ އިނީޝީއޭޓިވް" އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ވެސް އެ ރަސްމިއްޔާތުގައި ވަނީ ވާހަކަދައްކާވާފައެވެ. އޭނާ ވިދާޅުވީ، މިހާރަށް ވުރެ ރާއްޖޭގައި އިސްލާމިކް ފައިނޭންސް ފުޅާކުރުމަކީ 2025-2027 ވަނަ އަހަރުގެ ސްޓެރެތެޖިކް ޕްލޭންގެ ދަށުން ކުރުމަށް ނިންމާފައިވާ ކަމެއް ކަމަށެވެ.
މިއަދު ފެށި މަޝްރޫއުގެ ދަށުން އިގުތިސާދު ކުރިއެރުވުމާއި މުޖުތަމައުގެ މާލީ ހަމަހަމަކަން ގާއިމުކުރުމުގައި ހުރިހާ ފަރާތްތަކެއް ބައިވެރިވުން އިތުރުކުރެވޭނެ ކަމަށް މުނައްވަރު ވިދާޅުވިއެވެ.
— The President's Office (@presidencymv) May 7, 2025
"މި މަޝްރޫޢާއެކު އިޖުތިމާޢީ ހަމަހަމަކަން ޤާއިމްކުރެވި، އިޤްތިޞާދީ ބައިވެރިވުމާއި އިސްލާމިކް ފައިނޭންސްގެ ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކުރުމަށް މަގުފަހިވެ، ޤައުމުގައި އިންސާފު ޤާއިމުކުރުމާއި، ހަމަހަމަކަމާއި އަދި އެންމެންގެ ބައިވެރިވުން ހިމެނިގެންދާނެ. މި އިނީޝިއޭޓިވްގެ އެންމެ މުހިއްމު އަމާޒަކީ މުޖުތަމަޢުގެ ކޮންމެ ފަރުދަކީ އިޤްތިޞާދުގައި ބައިވެރިވުން އޮންނަ މީހަކަށް ހެދުން" ގަވަރނަރ އަހްމަދު މުނައްވަރު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ޔުނިވަރސިޓީ އިސްލާމް ސެލެންގޯރގެ ވައިސް ޗާންސެލަރ މުޙައްމަދު ފަރީދު ރާވީ ބިން ޢަބްދުﷲ އިސްލާމިކް ފައިނޭންސިންގެ ކާމިޔާބީއާއެކު މުޖުތަމަޢުގައި ނާޒުކު ހާލަތުގައި އުޅޭ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށެވެ.
މެލޭޝިއާގައި މިހާރުވެސް ތަންފީޒުކުރަމުން އަންނަ މިނިޒާމު ރާއްޖޭގައި "މިސްފީ"ގެ ނަމުގައި ފެށިގެންދިޔުމަކީ މުޖުތަމަޢުގައި ހުރި މައްސަލަތައް ހައްލުކުރުމަށް ކުރެވޭ މުހިއްމު މަސައްކަތެއްކަން އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން މިއީ ފަޤީރުންނާއި މުޖުތަމަޢުގައި ތިބި ބޭނުންޖެހިފައިވާ ފަރާތްތަކަށް މާލީ ނިޒާމުގެ ތެރެއިން ދެވޭ ޔަގީންކަމެއްގެގޮތުގައި ފަރީދު ސިފަކުރެއްވިއެވެ.
"މޯލްޑިވްސް އިސްލާމިކް ސޯޝަލް ފައިނޭސިންގެ އިނީޝީއޭޓިވް"އަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާއި، ބޭންކް އޮފް މޯލްޑިވްސްއާއި އިސްލާމިކް ބޭންކް އޮފް މޯލްޑިވްސް ގުޅިގެން ޤާއިމުކޮށްފައިވާ ޚާއްސަ ފަންޑެކެވެ. މިގޮތުން އެމްއެމްއޭއިން މިފަންޑަށް 20 މިލިޔަން ރުފިޔާ، އެމްއައިބީއިން 30 މިލިޔަން ރުފިޔާ އަދި ބީއެމްއެލްއިން 200 މިލިޔަން ރުފިޔާ ކުރިއަށް އޮތް 3 އަހަރަށް ކަނޑައަޅައިގެން ހިންގާ ފަންޑެކެވެ. މިފަންޑުން މިއަހަރަށް ޚަރަދުކުރުމަށް ހަމަޖެހިފައިވާ އިޖުތިމާޢީ މައްސަލަތަކާއި ގުޅޭ ކަންކަން ކަނޑައެޅުމުގައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިންވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
މި ލިޔުން ކިޔާލުމުން