ފިކުރީ ބަލިމަޑުކަމުގެ ހަގީގީ ހައްލަކީ އިތުބާރުހުރި މަސްދަރުތަކުން ޢިލްމު ހޯދުންކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ، އިސްލާމިކް މިލިޓަރީ ކައުންޓާ ޓެރެރިޒަމް ކޯލިޝަނާއި ދިވެހިރާއްޖޭގެ ނޭޝަނަލް ކައުންޓާ ޓެރެރިޒަމްއިން ގުޅިގެން އިމާމުންނާއި ޢިލްމުވެރިންނަށް ބާއްވާ ކެޕޭސީޓީ އިތުރުކުރުމުގެ ފޯރަމް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ޝަހީމް ވިދާޅުވީ، އިސްލާމީ ތާރީޚުގައި ޢިލްމުވެރިންނާއި އިމާމުންނަކީ މުޖުތަމަޢުގެ އެންމެ އިސް ދައުރެއް އަދާ ކުރާ ފަރާތްތައްކަމަށާއި ދީނީ ގޮތުންނާއި އިޖުތިމާޢީ ގޮތުން އާއްމު ފަރުދުން ހޭލުންތެރިކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރަމުން ދަނީ ޢިލްމުވެރިންނާއި އިމާމުންކަމަށެވެ.
Honourable Minister of Islamic Affairs, Dr. Mohamed Shaheem Ali Saeed, has officially launched the "Building the Capacity of Imams and Preachers" training program,@imctc_en pic.twitter.com/kk4MizYBcu
— Ministry of Islamic Affairs (@MVIaffairs) May 6, 2025
މީގެ އިތުރުން ޓެރެރިޒަމްއާއި ހަރުކަށި ފިކުރުގެ ވަބާއަކީ ވަކި ދީނަކާއި ގުޅުންހުރި ކަމެއް ނޫންކަމަށާއި މި ފިކުރީ ބަލިމަޑުކަމަށް އޮތް ހަޤީޤީ ހައްލަކީ އިތުބާރުހުރި މަސްދަރުތަކުން ޢިލްމު ހޯދުންކަމަށް ވަޒީރުގެ ވާހަކަފުޅުގައި ވަނީ ފާހަގަ ކުރައްވާފައެވެ. މިނިސްޓަރ އިތުރަށް ވިދާޅުވީ، ޓެރެރިޒަމްއާއި ހަރުކަށި ފިކުރާއި ގުޅޭ ޞައްޙަ ތަފްސީލީ މަޢުލޫމާތު ޚިއްސާ ކުރުމަށް ބޭއްވޭ މި ފޯރަމްއަކީ ވަރަށް މުހިއްމު ފޯރަމެއްކަމަށާއި އިސްލާމްދީން އަޅުގަނޑުމެންނަށް އަންގަވަނީ މުސްލިމުންނާއި މުސްލިމުން ނޫން މީހުންނާވެސް ހެޔޮކޮށް، ރަޙުމަތްތެރިކަމާއި އިންސާފުވެރިކަމާއެކު މުޢާމަލާތްކުރުމަށްކަމަށެވެ.
"އަޅުގަނޑުމެންނަށް ޖިހާދާއި ޓެރަރިޒަމްއާ ހުރި ތަފާތު އެނގެން ޖެހޭނެއެވެ. ޝަރީޢަތުގައި ޖިހާދަށް ވަކި އުޞޫލުތަކެއް ކަނޑައަޅާފައިވެއެވެ. އަދި އެކަން ވަކިވަކި ފަރުދުންގެ އަތްމައްޗަކަށް ދޫކޮށްފައެއް ނުވެއެވެ. އެހެނަސް، އެއީ ދައުލަތާއި ވެރިޔާގެ ޒިންމާއެކެވެ. ޖިހާދުގެ ޙިކުމަތަކީ ޤައުމާއި އޭގެ ރައްޔިތުން ރައްކާތެރިކުރުމެވެ. އިސްލާމްދީނުގައި ޓެރަރިޒަމްގެ ހުރިހާ ވައްތަރެއްވެސް މަނާކުރައްވާފައިވެއެވެ" ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވިއެވެ.
މި ލިޔުން ކިޔާލުމުން