ފ. ދަރަނބޫދުއާއި މ. ވޭވަށަށް އައު ދެ އިންޖީނު ފޮނުވާފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ބުނެފިއެވެ.
ފެނަކައިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މިއީ އެ ދެ ރަށުގައި ދެމެހެއްޓެނެވި ގޮތުގައި ކަރަންޓުގެ ޚިދުމަތް ދޭން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ފޮނުވާފައިވާ ދެ ޖެނެރޭޓަރު ކަމަށެވެ.
ދެމެހެއްޓެނެވި ގޮތުގައި ކަރަންޓުގެ ޚިދުމަތް ދޭން ކުރަމުން އަންނަ މަސައްކަތުގެ ދަށުން، ފ. ދަރަނބޫދުއާއި މ. ވޭވަށުގެ ކަރަންޓު ހާލަތު މިހާރަށް ވުރެ ރަނގަޅު ކޮށް ކަރަންޓު ޚިދުމަތުގެ ގާބިލިއްޔަތު އިތުރުކުރުމަށް ޓަކައި 250 ކވގެ އައު ދެ އިންޖީނު، އެ ދެ ރަށަށް ވަނީ… pic.twitter.com/bEmPAGT8Op
— Fenaka Corporation Ltd (@TeamFenaka) May 5, 2025
މިގޮތުން ދަރަނބޫދުއާއި ވޭވަށުގެ ކަރަންޓު ހާލަތު މިހާރަށް ވުރެ ރަނގަޅު ކޮށް ކަރަންޓު ޚިދުމަތުގެ ގާބިލިއްޔަތު އިތުރުކުރުމަށް ޓަކައި 250 ކވގެ އައު ދެ އިންޖީނު، އެ ދެ ރަށަށް ވަނީ ފޮނުވާފައިވާ ކަމަށް ފެނަކައިން ބުންޏެވެ.
އަތޮޅުތެރޭގައި ކަރަންޓާއި ފެނުގެ ޚިދުމަތްވެސް ފޯރުކޮށްދެމުންދާ ފެނަކައިން އަންނަނީ ރަށްރަށުގައި އެ ކުންފުނިން ދޭ ޚިދުމަތްތައް އިތުރަށް ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މި ލިޔުން ކިޔާލުމުން