މިއަހަރުގެ ޖެނުއަރީމަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށް ރާއްޖޭން ބޭރުން، ގަސްގަހާއިގެހި ރާއްޖެއެތެރެކުރުމަށް އޮންނަ ޤަވައިދުތަކާއި ޚިލާފަށް 37 ޝިޕްމެންޓް ވަނީ ރާއްޖެއެތެރެކޮށްފައިވާ ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ މިނިސްޓްރީން ހާމަކޮށްފިއެވެ. އެއީ 4732 ގަސްގަހާގެއްސާއި ގަހުގެ ބައިތަކެވެ.
މިގޮތަށް ޤަވައިދާއި ޚިލާފަށް އެތެރެކުރި ޝިޕްމެންޓެގެ ތެރެއިން 2 ޝިޕްމެންޓެއް ވަނީ ލިޔެކިއުންތައް ހަމަކޮށްފަައެވެ. އެއީ 324 ގަސްގަހާގެއްސާއި ގަހުގެ ބައިތަކެވެ. އަދި ތަކެތި ނައްތާލުމުގެ އުސޫލުގެ ތެރެއިން 35 ޝިޕްމެންޓް ގެ ގަސްގަހާއިގެއްސާއި ގަހުގެ ބައިތައް ވަނީ ނައްތާލެވިފައެވެ. އެއީ 4408 ގަސްގަހާގެއްސާއި ގަހުގެ ބައިތަކެވެ.
ރާއްޖެއިން ބޭރުން މިގޮތަށް ގަސްގަހާއިގެއްސާއި ގަހުގެ ބައިތައް އެތެރެކުރާއިރު، ޤަވައިދުތަކާއި އުސޫލުތަކަށް ސަމާލުކަންދިނުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.
މިއަހަރުގެ ޖެނުއަރީމަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށް ރާއްޖޭން ބޭރުން، 3،8،69،648(ތިންމިލިއަން އަށްލައްކަ ފަސްދޮޅަސް ނުވަހާސް ހަސަތޭކަ ސާޅިސް އަށެއް) ގަސްގަހާއިގެއްސާއި، ގަހުގެ ބައިތައް ރާއްޖެ އެތެރެކޮށްފައިވާކަމަށް ވެސް އެމިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.
މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މި މުއްދަތުގެ ތެރޭގައި ގަސްގަހާއި ގެއްސާއި ގަހުގެ ބައިތަކުގެ 405 ޝިޕްމެންޓް ވަނީ ރާއްޖެއަށް އެތެރެކޮށްފައެވެ.
މި ލިޔުން ކިޔާލުމުން