މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރ (އެމް.އައި.އެފް.ސީ) އިން ރަމްޒުކޮށްދެނީ ދިވެހިރާއްޖޭގެ އިޤުތިޞާދު ސިންދަފާތުކޮށް، ދުރު ރާސްތާގެ ތަނަވަސްކަން ޤާއިމްކުރުމަށް ސަރުކާރުން ގެންގުޅުއްވާ ތަޞައްވުރު ކަމުގައި މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު، މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ޝެއިޚް ނާއިފް ބިން ޢީދު އަލް ޘާނީ އާއެކު އެމް.އައި.އެފް.ސީގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަކީ ލިބިވަޑައިގެންނެވި ޝަރަފެއް ކަމަށެވެ.
Honoured to attend the ground-breaking ceremony of the Maldives International Financial Centre (MIFC) with President Dr @MMuizzu and Sheikh Nayef bin Eid Al Thani.
This $8.8B project in Hulhumalé Phase 2 will transform #Maldives into a key financial & innovation hub in the… pic.twitter.com/ivT4u19q8y
— Moosa Zameer (@MoosaZameer) May 5, 2025
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޤާއިމްކުރާ 8.8 ބިލިއަން ޑޮލަރުގެ މި މަޝްރޫޢުގެ ސަބަބުން ރާއްޖެއަކީ އިންޑިއާ ކަނޑުގެ މުހިންމު މާލީ އަދި އީޖާދީ ހަބަކަށް ވެގެންދާނެ ކަމުގައި ވަޒީރު ވިދާޅުވިއެވެ. އަދި މިއާއެކު، ފިންޓެކް، އޮފްޝޯ ބޭންކިން އަދި ޑިޖިޓަލް ވިޔަފާރިވެރިންގެ ޝައުޤުވެރިކަން ރާއްޖެއަށް ލިބިގެންދާނެ ކަމުގައިވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ޓެކްސް-ފްރީ އިނާޔަތްތަކާއި، ފެހި ހަކަތައާއި އެންމެ ޒަމާނީ ބިނާރާއެކު، އެމް.އައި.އެފް.ސީ ރަމްޒުކޮށްދެނީ އިޤުތިޞާދު ސިންދަފާތުކޮށް، ދުރު ރާސްތާގެ ތަނަވަސްކަން ޤާއިމްކުރުމަށް ސަރުކާރުން ގެންގުޅުއްވާ ތަޞައްވުރު ކަމުގައެވެ.
ހުޅުމާލޭ އަރބަން އައިލް ސަރަހައްދުގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި އެމް.އައި.އެފް.ސީގެ ރަމްޒީ ބިންގާ އިފްތިތާޙްކޮށްދެއްވީ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު، މޫސާ ޒަމީރު އަދި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްގެ ރައީސް، ޝެއިޚް ނާއިފް ބިން ޢީދު އަލް ޘާނީ އެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި ސަރުކާރު ބައެއް އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ލިޔުން ކިޔާލުމުން