މަރޝަލް އައިލޭންޑް ގެ ފަސިންޖަރ ލައިނެއް ކަމަށްވާ، އެމްއެސް ނައުޓިކާ ގެ 612 ފަސިންޖަރުންނާއި 397 ފަޅުވެރިންނަށް ކްލިއަރެންސް ދީފިއެވެ.
މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ބުނީ މި ފަސިންޖަރ ލައިން އައީ އިންޑިއާގެ މާމުގައު އިން ކަމަށެވެ.
Inward clearance was granted to Passenger Liner MS Nautica 🇲🇭, which arrived in the Maldives yesterday from Marmugao, 🇮🇳.
A total of 612 passengers and 397 crew members were onboard. pic.twitter.com/n8RM9QusMp— Maldives Customs Service (@CustomsMv) May 5, 2025
ފަސިންޖަރ ލައިނާއި. ޔޮޓާއި ކްރޫޒްލައިންތަކުގެ މެދުގައި ރާއްޖޭގެ މަޤްބޫލުކަން ބޮޑުވެފައިވާއިރު ސަރުކާރުން މަސައްކަތް ކުރައްވަނީ ރާއްޖޭގެ ތިން ސަރަހައްދެއްގައި ކުރޫޒްލައިނަރތަކަށް ހާއްސަ ޖެޓީތަކެއް ތަރައްޤީކުރުމަށެވެ. އަދި މި ދާއިރާއިން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.
ކުރޫޒްލައިންތަކުގެ މެދުގައި ރާއްޖޭގެ މަޤްބޫލުކަން އިތުރުވަމުންދާއިރު، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދަށްވެސް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް ހަލައްކަ ފަސްދޮޅަސް ހާހަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެވަނީ އައިސްފައެވެ. ސަރުކާރުން މިއަހަރަށް އަމާޒު ހިފާފައިވަނީ ރާއްޖެއަށް 2.3 މިލިޔަން ފަތުރުވެރިން ގެނައުމަށެވެ.
މި ލިޔުން ކިޔާލުމުން