1446 ވަނަ އަހަރުގެ އަޝްހާ ޢީދު ފާހަނގަކުރުމުގެ ގޮތުން ބާއްވާ "ދުންމާރި ޝޯ" އަށް ބޭނުންވާ ބޭރު ފަންނާނުން ގެނެސްދޭނެ ފަރާތެއް ހޯދަން އިޢުލާންކޮށްފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ މި މަސައްކަތަށް ދައުވަތު ހުޅުވާލެވެނީ ދިވެހިރާއްޖޭގައި މިބާވަތުގެ ވިޔާފާރިކުރުމަށް ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކަށް ކަމަށާއި، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2025 މޭ 04 ވާ އާދީއްތަ ދުވަހުގެ 10:00 އިން ފެށިގެން 2025 މޭ 06 ވާ އަންގާރަ ދުވަހުގެ 14:00 އާ ހަމައަށް އެ އިދާރާގެ ޕްރޮކިއުމަންޓް ޔުނިޓަށް ބީލަން ހުށަހަޅާ ފަރާތުގެ މައުލޫމާތު މެއިލްކޮށްގެން ބިޑް ހުށަހެޅުމަށް ރަޖިސްޓްރީކުރެވޭނެ ކަމަށެވެ.
މީގެ އިތުރުން ކައުންސިލުން ބުނީ ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން 2025 މޭ 13 ވާ އަންގާރަ ދުވަހުގެ 10:00 ގައި އައްޑޫ ސިޓީ ކައުންސިލް އިދާރާގައި ކަމަށާއި، ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދުކުރެވޭނެ ކަމަށެވެ.
އަދި ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައި ކަމަށާއި، ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެ ކަމަށެވެ.
އައްޑޫ ސިޓީ ކައުންސިލުން ދަނީ ކޮންމެ ޢީދަކާ ދިމާކޮށްވެސް އައްޑޫ ސިޓީގައި ކުލަގަދަކޮށް ފޯރިއާއެކު ޢީދު ފާހަގަކުރަމުންނެވެ. މި ފަހަރުގެ ބޮޑު ޢީދަށް ސިޓީ ކައުންސިލުން އިންތިޒާމުކުރާ ޝޯއަކީވެސް ގިނަ ބަޔަކު އިންތިޒާރުކުރާނެ ހަރަކާތެއްކަން ޔަޤީނެވެ.
މި ލިޔުން ކިޔާލުމުން