މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ޑެޕިއުޓީ ގަވަރުނަރު ކަމަށް ގ. ސިލްވަރުގެއާގެ، އަސްނާ ހަމްދީ ޢައްޔަންކުރަން ރުހުން ހޯދަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.
މި މަޤާމަށް އަސްނާގެ ނަން ހުށަހެޅުއްވުމާ ގުޅިގެން މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި މައްސަލަ ދިރާސާކުރުމަށް މާލިއްޔަތު ކޮމިޓީއަށް ވަނީ ފޮނުވައިފައެވެ. މިހާރު އެމްއެމްއޭގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި އަސްނާ އެމްއެމްއޭގައި މަސައްކަތް ކުރައްވާތާ 15 ވަރަކަށް އަހަރު ވަނީ ވެފައެވެ.
އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުގެ މަޤާމު ހުސްވެފައިވަނީ އެ މަޤާމުގައި ކުރިން ހުންނެވި އަޙްމަދު އިމާދު މަޤާމުން ވަކިކުރުމަށް މަޖިލީހަށް ހުށަހަޅާފައި ވަނިކޮށް، މިދިޔަ މަހުގެ 17 ވަނަ ދުވަހު އެ މަޤާމުން އޭނާ އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އިމާދު ވަނީ 25 އަހަރު އެމްއެމްއޭ އަށް ޚިދުމަތް ކޮށްދެއްވައިފައެވެ.
މި ލިޔުން ކިޔާލުމުން