ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން އިންތިޒާމްކޮށްގެން ބާއްވާ "އަންހެންވެރިންގެ ސައްލާ" ފަށައިފިއެވެ.
މިއީ ކ، އއ، އދ، ވ އަދި މ. އަތޮޅުގެ ރަށްތަކާއި މާލޭ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް އަމާޒުކޮށްގެން ބާއްވާ މަސައްކަތު ބައްދަލުވުމެކެވެ.
މި މަސައްކަތު ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ މީހުން ކުރިއަރައި ދަނީ އެ މީހުންނަށް އެހީވުމުގައި އަންހެނުން އަދާކުރާ މުހިންމު ދައުރުގެ ސަބަބުން ކަމަށާއި، ޤައުމު ކުރިއަރައި ދިއުމުގައި އަންހެންވެރިންނަށް ތަޢުރީފު ޙައްޤު ކަމަށެވެ.
މީގެ އިތުރުން، އިޖުތިމާޢީ އަދި ޞިއްޙީ ކަންކަމަށް ހޭލުންތެިރކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރެވޭނީ އ.ތ.މ ކޮމިޓީތަކަށްކަން ފާހަގަކުރައްވައި ވަޒީރު ވަނީ އ.ތ.މ ކޮމިޓީތަކަށް ދިމާވާ ގޮންޖެހުންތައް ހައްލުކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން ކައުންސިލްތަކުގެ އައު އިމާރާތްތައް އެޅުމާއެކު، ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި އ.ތ.މ ކޮމިޓީތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިތަކަށް ހައްލު ލިބިގެންދާނެ ކަމުގައި ވަޒީރު ވިދާޅުވިއެވެ.
"އަންހެންވެރިންގެ ސައްލާ" ކުރިއަށްދަނީ ދެ ދުވަހުގެ މުއްދަތަށް އިސްރަށްވެހީންގެ ނާދީގައެވެ.
މި ލިޔުން ކިޔާލުމުން