ރަސްފަންނު މޫދަށް އެޅިފައި ހުރި ކަޅުތެޔޮ ނަގައި އެތަން މިއަދު ސާފުކޮށްފި އެވެ.
އިންފްރާސްޓްރަކްޗާ މިނިސްޓްރީން ދެންމެ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ރަސްފަންނު މޫދަށް އެޅިފައިވާ ކަޅުތެޔޮ ސާފުކޮށް ނިންމައި، އެ ސަރަހައްދު އާންމު ހާލަތަށް ގެނެވިފައިވާ ކަމަށެވެ.
ރަސްފަންނު މޫދަށް އެޅިފައިވާ ކަޅުތެޔޮ ސާފުކޮށް ނިންމާ އެ ސަރަޙައްދު ޢާންމު ޙާލަތަކަށް ގެނެވިފައިވާ ވާހަކަ ދަންނަވަމެވެ. pic.twitter.com/OYJRibvZWZ
— Ministry of Construction, Housing & Infrastructure (@MoCImv) April 28, 2025
ރަސްފަންނު މޫދަށް ކަޅުތެޔޮ އެޅިފައި ވާތީ އެ ސަރަހައްދަށް މޫދަށް ނޭރެން މިއަދު ހެނދުނު ފުލުހުން އެދިފައިވެއެވެ.
ނަމަވެސް، އެތަނަށް ކަޅުތެޔޮ އެޅުނުގޮތެއް އަދިވެސް ނޭނގެއެވެ.
މި ލިޔުން ކިޔާލުމުން