ވެކްސިން ޖަހައިގެން ކޮންޓްރޯލް ކުރެވޭ ވަރަށް ގިނަ ގައިންގަޔަށް އަރާ ބަލިތައް، ރާއްޖޭގައި މަދު ކުރެވިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.
އިމިއުނިޒޭޝަން ހަފްތާ އާއި ގުޅިގެން އެޗްޕީއޭ އިން އާއްމުކޮށްފައިވާ ވީޑިއޯ އެއްގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ މެޑިކަލް އޮފިސަރ ޑރ. ފާތިމަތު ނަޒުލާ ރަފީޤް ވިދާޅުވީ ބައެއް ބަލިތައް އެއްކޮށް ރާއްޖެއިން ނައްތާލެވިފައިވާ ކަމަށެވެ. މީގެ ތެރޭގައި ޕޯލިއޯ، ނެއޯ ނޭޓަލް ޓެޓްނަސް، މީސަލްސް އަދި ރުބެއްލާ ފަދަ ބަލިތައް ރާއްޖެއިން ނައްތާލާފައިވާ ކަމަށް ދުނިޔޭގެ ޞިއްހަތު ޖަމިއްޔާއިން ވަނީ ކަނޑައަޅާފައެވެ.
View this post on Instagram
މީގެ އިތުރުންވެސް ޕާރޓަސިސް ނުވަތަ ހޯގޮވާ ކެއްކުން ފަދަ ވެކްސިން ޖަހައިގެން ކޮންޓްރޯލް ކުރެވޭ ބަލިތައް ރާއްޖެއިން ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ނަޒުލާ ވިދާޅުވިއެވެ.
ނަމަވެސް ވެކްސިން ޖަހާ މިންވަރު މަދުވެއްޖެނަމަ ރާއްޖޭގައި އަނެއްކާވެސް މީގެ ތެރެއިން ބައެއް ބަލިތައް ފެތުރުމުގެ ފުރުޞަތު އޮންނާނެ ކަމަށެވެ. އެކަން 2020 ވަނަ އަހަރުގެ ކުރީ ކޮޅު ފެތުރުނު މީސަލްސް އައުޓް ބްރޭކުން ފާހަގަކުރެވިފައިވާ ކަން ންޒްލާ ފާހަގަކުރެއްވިއެވެ.
އެހެން ކަމުން ވެކްސިން އެ ޖަހަންޖެހޭ ވަގުތުގައި ދިނުމަށް ސަމާލުކަން ދިނުމަކީ މުޅި މުޖުތަމަޢު ބަލިތަކުން ރައްކާތެރިވުމަށް ވަރަށް މުހިންމުކަމެއް ކަމަށް ނަޒްލާ ވިދާޅުވިއެވެ.
މި ލިޔުން ކިޔާލުމުން