"ޒުވާނުންގެ ހޮޅުއަށި" ގައި ބައިވެރިވުމުގެ ފުރުސަތު ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.
އެ ވުޒާރާއިން ބުނީ މި ޕްރޮގުރާމު އޮންނާނީ މިމަހުގެ 30 ވަނަ ދުވަހުގެ ރޭ 8:30 އިން 10:00 އަށް ސޯޝަލް ސެންޓަރުގައި ކަމަށެވެ.
މީގެ އިތުރުން، މި ޕްރޮގުރާމުގައި ޒުވާނުންނަށް ދިމާވާ ގޮންޖެހުންތަކާއި، އެކަންކަމަށް ހައްލު ހޯދުމަށް ހުރި ފުރުސަތުތަކާ ގުޅޭގޮތުން ހިޔާލު ބަދަލުކޮށް، ހާއްސަކޮށް ޒުވާނުންގެ ވަޒީފާގެ ދަތިކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެ ވުޒާރާ ބުންޏެވެ.
"ޒުވާނުންގެ ހޮޅުއަށި" އަކީ ޒުވާނުންނަށް މުހިންމު މައްސަލަތަކާ ގުޅޭގޮތުން ހިޔާލާއި ތަޖުރިބާ ހިއްސާކުރުމަށް ބާއްވާ ޕްރޮގުރާމެކެވެ.
މި ސެޝަންގައި ބައިވެރިވުމަށް 4000567 އަށް ގުޅާލުމުން ނުވަތަ އެކަމަށް ހާއްސަކޮށްފައިވާ ކިއުއާރް ކޯޑު ބޭނުންކޮށްގެން ރަޖިސްޓްރީވެވޭނެ ކަމަށް އެ ވުޒާރާއިން ބުނެއެވެ.
މި ލިޔުން ކިޔާލުމުން