ތުރުކީވިލާތުގެ އިސްތަންބުލްގައި ބޭއްވުނު ޕެސިފިކް އޭޝިއާ ޓްރެވަލް އެސޯސިއޭޝަން (ޕާޓާ) ގެ އަހަރީ އާންމު ޖަލްސާ އާއި އަހަރީ ސަމިޓުގައި، ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވަޒީރުގެ ނައިބު މީނާސް ޝައުގީ އާއި ޓޫރިޒަމް ރިސަރޗް އެންޑް ސްޓެޓިސްޓިކްސްގެ ޑިރެކްޓަރ މަރްޔަމް ޝަރްމީލާ ބައިވެރިވެވަޑައިގެންފިއެވެ.
މި ބައްދަލުވުންތައް ބޭއްވުނީ 21 އިން 23 އޭޕްރިލް 2023 އަށެވެ. މި ބައްދަލުވުންތަކުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ޓޫރިޒަމް ދާއިރާގެ މާހިރުން އެއްތަނަކަށް އެއްވެ، ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަން ކުރިއެރުވުމާއި، އައު ގޮތްތައް ހޯދުމާއި، އެންމެންނަށް ހަމަހަމަ ފުރުސަތު ދިނުމާއި، ތަފާސްހިސާބުގެ މައްޗަށް ބިނާކޮށް ފަތުރުވެރިކަމުގެ ޑިމާންޑް އިތުރުކުރުމާއި ފަތުރުވެރިންގެ ތަޖުރިބާ ރަނގަޅުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވެއެވެ.
މީގެ އިތުރުން، މިސަމިޓުގައި ކުރިއަށް އޮތް އަހަރުތަކުގައި ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރުވާނެ ގޮތްތަކާ މެދު މަޝްވަރާކުރެވުނު ކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ.
ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވުޒާރާއިން ބުނީ މި ބައްދަލުވުންތަކުގައި ދިވެހި ވަފުދު ބައިވެރިވުމަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ވަރަށް މުހިންމު ކަމެއް ކަމުގައެވެ.
އަދި މިފަދަ ބައްދަލުވުންތަކުން ލިބޭ މަޢުލޫމާތާއި ތަޖުރިބާ ބޭނުންކޮށްގެން ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށް މަސައްކަތްކުރާނެ ކަމަށް އެ ވުޒާރާއިން ބުނެއެވެ.
މި ލިޔުން ކިޔާލުމުން