ދިވެހިރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަމުން ގެންދަވާ މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު، ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރިންނާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ ރޭ ސަލްމާން މިސްކިތުގެ އޮޑިޓޯރިއަމްގައެވެ. މި ބައްދަލުކުރެއްވުމުގައި މާލެ ސަރަޙައްދުގައި އުޅުއްވާ ގިނަ އަދަދެއްގެ ޢިލްމުވެރިން ވަނީ ބައިވެރިވެލައްވާފައެވެ. އޭގެ ތެރޭގައި ރާއްޖޭގެ އެންމެ ފާހަގަކޮށްލެވޭ ބޮޑެތި ޢިލްމުވެރިންވެސް ހިމެނެއެވެ.
މި ބައްދަލުކުރެއްވުމުގައި ޝައިޚް ޑރ. ޞަލާޙުލް ބުދައިރު ވަނީ ޢިލްމުވެރިންނާ މުޚާޠަބު ކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.
މި ދަތުރުފުޅުގައި އެމަނިކުފާނު މިއަދު ވަނީ އިމާމުންނާއި ޚަޠީބުންނާއި، ކީރިތި ޤުރުއާން ހިތުދަސްކުރާ ދަރިވަރުންނާއި ބައްދަލު ކުރައްވާފައެވެ. އަދި މީގެ އިތުރުން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީއަށްވެސް މިއަދު ޒިޔާރަތް ކުރައްވާފައިވެއެވެ.
މި ލިޔުން ކިޔާލުމުން