ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމުގައި ކުއްލި ހާލަތުގައި ކުރިމަތިވާ ކަންކަމަށް އަމަލުކުރާނެ ގޮތުގެ ޕްލޭން އިފްތިތާހުކޮށްފިއެވެ.
މި ޕްލޭން އިފްތިތާހްކޮށްދެއްވީ މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް ތޯރިޤް އިބްރާހީމް އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިިނިސްޓަރ ވަނީ މޫސުމީ ބަދަލުތަކުގެ ސަބަބުން ރަށްރަށުގެ ފެނާއި ނަރުދަމާގެ ނިޒާމަށްވެސް އޭގެ އަސރުކުރާ ކަމަށެވެ. ރާއްޖޭގައި މިވަގުތު 133 ރަށެއްގައި ފެނުގެ ޚިދުމަތް ދޭއިރު 144 ރަށެއްގައި ނަރުދަމާގެ ޚިދުމަތް ޤާއިމުކޮށްފައިވެއެވެ.
އެހެން ކަމުން މިއަދު މި އާއްމުކުރެވުނު ޕްލޭނަކީ ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމުގައި ކުރިމަތިވާ ކުއްލި ހާލަތުގައި އަމަލުކުރުމަށް މުހިންމު ޕްލޭނެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މި ޚިދުމަތް ވަކިން ރަަށްރަށުގައި ދެވޭއިރު،އެ އާބާދީއަށް ދިމާވެދާނެ ކުއްލި ހާލަތަކަށް އަބަދުވެސް ތައްޔާރަށް ތިބުމުގެ މިހުންމުކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ކާރިސާތައް ރާއްޖޭގައިވެސް މިހާރު ދަނީ އިތުރުވަމުންނެވެ. އެގޮތުން އެންމެބޮޑަށް ދިމާވާ އެއްކަމަކީ ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ނަރުދަމާގެ ނިޒާމަށް ދިމާވާ މައްސަލަތައް ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މި ލިޔުން ކިޔާލުމުން