ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާއި ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އާ ގުޅިގެން މަސައްކަތް ކުރުމަށް ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ.
މިކަމަށްޓަކައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ފަހުމުނާމާގައި އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، މުޙައްމަދު ނަބީޙް އަފީފެވެ. އަދި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، ޢަބްދުﷲ ޔާމީނެވެ.
ޕީއެސްއެމްގެ ގޯތިތެރޭގައި ފެން ބޮޑުވާ މައްސަލަ ހައްލު ކުރުމާއި، އަތޮޅުތެރެ އާއި މާލޭގައި ހުރި ޕީއެސްއެމްގެ އިމާރާތްތައް މަރާމާތުކުރުމުގެ އިތުރުން މި ކޯޕަރޭޝަނާއި ޕީއެސްއެމްއާއި ގުޅިގެން މަސައްކަތް ކުރުމުގެ ފަހުމުނާމާއެއްގައި މިއަދު ވަނީ ސޮއި ކޮއްފައެވެ.
📷: @psmnewsmv #TeamRDC pic.twitter.com/SNuGCHC5v1
— Road Development Corporation Ltd (@rdcmaldives) April 22, 2025
އާރުޑީސީން ބުނީ މި ފަހުމުނާމާގައި ޕީއެސްއެމްގެ ގޯތިތެރޭގައި ފެން ބޮޑުވާ މައްސަލަ ހައްލު ކުރުމާއި، އަތޮޅުތެރެ އާއި މާލޭގައި ހުރި ޕީއެސްއެމްގެ އިމާރާތްތައް މަރާމާތުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށެވެ.
މީގެ އިތުރުން ވެސް ދެ ކުންފުނި ގުޅިގެން މަސައްކަތް ކުރެވިދާނެ އިތުރު ކަންކަންވެސް މި ފަހުމުނާމަގައި ހިމެނިފައިވާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
މި ލިޔުން ކިޔާލުމުން