އައި.ޖީ.އެމް.އެޗްގެ 75 އެނދުގެ ވޯޑް ކޮމްޕްލެކްސްގެ %90 މަސައްކަތް ނިމިފައިވާ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ހާމަކޮށްފިއެވެ.
އެ ކުންފުނިން ބުނީ މިހާރު ކުރިޔަށްދަނީ ފިނިޝިންގ ގެ މަސައްކަތްކަމަށެވެ.
އައި.ޖީ.އެމް.އެޗްގެ 75 އެނދުގެ ވޯޑް ކޮމްޕްލެކްސްގެ %90 މަސައްކަތް ނިމި، މިހާރު ކުރިޔަށްދަނީ ފިނިޝިންގ ގެ މަސައްކަތް.#TeamRDC pic.twitter.com/u3rPCh0PwH
— Road Development Corporation Ltd (@rdcmaldives) April 22, 2025
އައިޖީއެމްއެޗަށް 75 އެނދު އިތުރުކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ މަސައްކަތް ނިންމާ އަންނަ މަހުގެ ތެރޭގައި އެތަން ހުޅުވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
"ރައްޔިތުންނާ އެކު" ނަމުގައި ރައީސް އޮފީހުން ގެނެސްދޭ ޕޮޑްކާސްޓުގައި ރައީސް ވިދާޅުވީ މިއާއެކު އައިޖީއެމްއެޗަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމަށް ބޮޑު ހައްލެއް ލިބިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އެތަން ހުޅުވުމުން ޖާގަ އިތުރުވެ މިހާރު އައި.ޖީ.އެމް.އެޗަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ވަރަށްބޮޑުތަނުން ޙައްލުވެގެން ދާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެތަން މޭ މަހުގެ ތެރޭގައި ހުޅުވިގެންދާއިރު އެތަނުގައި ޖެނެރަލް ވާރޑުގެ 44 އެނދާއި، އެޗް.ޑީ.ޔޫ.، ހައި ޑިޕެންޑެންސީގެ 15 އެނދު، އަދި ޕްރައިވެޓް 14 ޔުނިޓް ހުންނާނެކަމަށެވެ.
އައިޖީއެމްއެޗްގެ މިހާރުގެ ބެޑް ކެޕޭސިޓީއަކީ 350 އެނދެވެ. އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ ޙާލަތްތަކުގައި މިކަމުގެ ދަތިކަން ކުރިމަތިވަމުންދާއިރު މިވޭތުވެދިޔަ 30 އަހަރުގެ ތެރޭގައިވެސް ހޮސްޕިޓަލުގެ ބެޑް ކެޕޭސިޓީ އިތުރުކުރުމަށް އެދެވޭ މަސައްކަތްތަކެއް ކުރެވިފައެއް ނުވެއެވެ.
މި ލިޔުން ކިޔާލުމުން