ސްކޫލްތަކަށް މާލީ އެހީގެ ގޮތުގައި 300،000 ރުފިޔާ ކަނޑައަޅައި، ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުސަތު ކުޅުދުއްފުށީ ކައުންސިލުން ހުޅުވާލައިފިއެވެ.
"ސްކޫލް ގްރާންޓް"ގެ އުސޫލުގައި އޮތް ގޮތުން މާލީ އެހީ ދެނީ، ދަރިވަރުންގެ ޔުނީފޯމް ބޮޑީސްގެ ހަރަކާތްތައް ކުރިއެރުވުމަށާއި ދަރިވަރުންނަށް ކުޅިވަރު މުބާރާތައް ކުރިޔަށް ގެންދިއުމާއި ދަރިވަރުންގެ ކިޔަވައިދިނުމާ ގުޅުހުރި ވަސީލަތްތައް ހޯދައިދިނުމަށާއި، ދަރިވަރުންނަށް އަދަބީ ހަރަކާތްތައް ހިންގުމުގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށާއި ޓީޗަރުންނަށް ބޭނުންވާ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.
އެހީއަށް އެދި ޕްރޮޕޯސަލް ހުށައަޅަން ޖެހެނީ އަންނަ މެއި މަހުގެ 10 ވަނަ ދުވަހުގެ ކުރިންނެވެ.
ހުށައަޅާ ޕްރޮޕޯސަލަށް ބަލައި ކޮންމެ ސްކޫލަކަށް ދޭން ކައުންސިލުން ކަނޑައަޅާފައި ވަނީ ސްކޫލަކަށް 100،000 ރުފިޔާއެވެ.
"ސްކޫލް ގްރާންޓް" ދޭ އުޞޫލުގައި ބަޔާން ކޮށްފައިވާ ގޮތުން މި އެހީ ދެނީ އަހަރަކަށެވެ. މާލީއެހީ ދިނުމުގައި ބަލަނީ، ހުށައަޅާ ހަރަކާތްތައް މަޤްޞަދާއި ދާއިރާތަކާ ގުޅުމާއި، ހަރަކާތްތަކަށް ހުށައަޅާފައިވާ ބަޖެޓަކީ އެކަށީގެންވާ ބަޖެޓަކަށްވުމާއި ހުށައަޅާ ޕްރޮޕޯސަލްގައި ހުރިހާ ބައިތަކެއް ހަމަވޭތޯއެވެ.
މި ލިޔުން ކިޔާލުމުން