ބަންކަރިންގެ ޚިދުމަތަށް ޕޯޓެއް ތަރައްޤީކުރަން ނިންމަވާފައިވާ ކަމުގައި އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު، މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
މިގޮތުން މިއަދު ރައީސް އޮފީހުން ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ ރާއްޖޭގައި ބަންކަރިންގެ މަސައްކަތް ކުރަމުންދާ ހުރިހާ ފަރާތްތަކާވެސް ބައްދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މީގެ އިތުރުން، އިންޓަރނޭޝަނަލް ބަންކަރިން އާ ބެހޭ ޤާނޫނެއް އެކުލަވާލެވޭނެ ކަމަށާއި، އިންޓަރނޭޝަނަލް ބަންކަރިންގައި ބޭނުންކުރާ ވަސީލަތްތަކާއި އިންފްރާސްޓްރަކްޗަރ ރާއްޖޭގައި ޤާއިމްކުރުމަކީ ދުލުން ބުނެލަން ފަސޭހަ ވިޔަސް، ކުރުމަށް
"އިންޓަރނޭޝަނަލް ބަންކަރިންގައި ބޭނުންކުރާ ވަސީލަތްތަކާއި ސާމާނު އަދި އިންފްރާސްޓްރަކްޗަރ ރާއްޖޭގައި ޤާއިމްކުރުން...ދުލުން ބުނެލަން ފަސޭހަ ވިޔަސް މިކަންކަން ކުރުމަށް މަސައްކަތްތަކެއް ކުރަން އެބަޖެހޭ. ކުރޭ އެބަ. މިހާރުވެސް އެބަ ކުރަން"، ވަޒީރު ވިދާޅުވިއެވެ.
އަދި އެއަށް ރާއްޖޭގެ ބޭންކުތަކުން ފައިސާ ނުލިބޭނަމަ، ބޭރުން އެކަމަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތްތައްވެސް ކުރިއަށްދާ ކަމުގައި ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ ރާއްޖޭގައި ބަންކަރިންގެ ޚިދުމަތް ދޭ އަމިއްލަ ފަރާތްތަކާވެސް ބައްދަލުކުރައްވަމުން ގެންދަވާ ކަމަށާއި، އެސްޓީއޯގެ އިތުރުން ބަންކަރިންގެ ޚިދުމަތްދޭ ބޮޑެތި ދިވެހި ވިޔަފާރިތަކާ މަޝްވަރާކުރައްވާ ކަމުގައެވެ.
"އެހެންވީމާ އެއްވެސް ހާލެއްގައި އެއީ ހުއްޓާލެވިފައި އޮތް ކަމެއްވެސް ނޫން. އެކަން ކުރިއަށް އެބަދޭ. އެކަމުން ލިބޭ ނަފާވެރިކަން ވެސް ރަނގަޅު އިރާދަކުރެއްވިއްޔާ"، ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ފުރަތަމަ ދުވަހުން ފެށިގެން ހޯރަފުށީ ފަޅުގައި އިންޓަރނޭޝަނަލް ބަންކަރިން ޚިދުމަތްދޭ، ބައިނަލްއަޤްވާމީ އާގުބޯޓުފަހަރަށް ކާގޯ ފޯރުކޮށްދޭނެ ބަނދަރެއް އޮންނާނެއެކޭ ވިދާޅުވެއް ނުވާ ކަމަށާއި، ނަަމަވެސް އެ މަސައްކަތް ކުރިއަށްދާ ކަމުގައެވެ.
މި ލިޔުން ކިޔާލުމުން