ދެކުނުގެ ތިން ރަށެއްގެ މަގު ހެދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބުނެފިއެވެ.
އާރްޑީސީން މިއަދު ހާމަކުރި ގޮތުގައި އެ ކުންފުނިން ދަނީ ލ. ގަމާއި، ގއ. ކޮލަމާފުށީގެ އިތުރުން އެ އަތޮޅު ވިލިނގިލީގައިވެސް މަސައްކަތް ކުރަމުންނެވެ.
ސައުތު ރީޖަންގެ ރަށްތަކުގައި ޒަމާނީ ފެންވަރަށް މަގުތައް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރެއިން މިވަގުތު ހިންގަމުންގެންދާ މަސައްކަތްތައް.#TeamRDC pic.twitter.com/qzK9gDe2D8
— Road Development Corporation Ltd (@rdcmaldives) April 20, 2025
މިގޮތުން ލ. ގަން ފޭސް 2 މަޝްރޫޢުގެ ދަށުން، އެ ރަށު ސަރަހައްދީ މަގުގައި ސްޓޯމްވޯޓަރ ޖަންކްޝަން ބެހެއްޓުމާއި، ސަރަހައްދީ މަގުގައި މަގު ކޮނުމާއި ބެކް ފިލިންގެ މަސައްކަތް ކުރަމުންދާ ކަމަށް އާރްޑީސީން ހާމަކުރެއެވެ.
މީގެ އިތުރުން ގއ. ކޮލަމާފުށީ ދަންނަ އާދަމް ސައީދު މަގުގައި ދުވާރުގެ މަސައްކަތާއި، ތުއްތު ކަތީން މަގުގައި ކީވޯލްގެ މަސައްކަތްވެސް އެ ކުންފުނިން ދަނީ ކުރަމުންނެވެ.
އަދި ގއ. ވިލިނގިލީ ފޭސް 2 ގައި ކުދެކަތިބެއްޔާ މަގުގައި ދުވާރުގެ މަސައްކަތާއި، މޫސާ މަގުގައި ކޯނަރ ކާބްސްޓޯން ޖެހުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އާރްޑީސީން ހާމަކުރެއެވެ.
އާރުޑީސީން ދަނީ ދެކުނުގެ ހަ ރަށެއްގައި ޒަމާނީ ފެންވަރަށް މަގުތައް ތަރައްޤީކުރުމުގެ މަޝްރޫޢު ހިންގަމުންނެވެ. އެއީ ތ. ތިމަރަފުއްޓާއި، ލ. ގަން ފޭސް 2 އާއި، ގއ. ކޮލަމާފުއްޓާއި، ގއ. ވިލިނގިލި ފޭސް 2 ގެ އިތުރުން ގދ. ތިނަދޫ ފޭސް 2 އަދި ގދ. ގައްދޫ އެވެ.
މި ލިޔުން ކިޔާލުމުން