ކުރިއަށް އޮތް ފަސް އަހަރަށް 1500 އެލައިޑް ހެލްތު ޕްރޮފެޝަނަލްސް ތަމްރީން ކުރުމާއި ގުޅޭގޮތުން ހެލްތު މިނިސްޓްރީ، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލް ޑިވެލޮޕްމަންޓާއި މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ އާއި އެކު މަޝްވަރާކޮށްފައެވެ.
ސަރުކާރުން ކަނޑައަޅާފައިވަނީ ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި ރާއްޖޭގައި ޑިމާންޑް އެންމެ ބޮޑު ދާއިރާތަކަށް ބޭނުންވާ މީހުން ތަމްރީން ކުރުމެވެ.
އެގޮތުން އޮކިއުޕޭޝަނަލް ތެރަޕީ އާއި ސްޕީޗް ތެރަޕީ ކޯސް އެއީ ސަރުކާރުން މިވަގުތު ވަރަށް އިސްކަން ދިނުމަށް ބޭނުންވާ ދާއިރާތަކެވެ.
ހަޔަރ އެޑިޔުކޭޝަނުން ވަނީ މި ކޯސްތައް ފެށުމަށް ބޭނުންވާ ކުދިން ހޯދުމާއި، ސްކޮލަރޝަިޕް ހޯދުމަށް ކުރަމުންދާ މަސައްކަތް މިނިސްޓަރ އާއި ހިއްސާކުރައްވާފައެވެ.
މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ އިން ވަނީ ކޯސްތައް ހިންގުމަށް މިހާރު ކަރިކިއުލަމް ތައްޔާރުކުރާ ކޯސްތަކާއި، ކުރިއަށް ގެންދާ ކޯސްތައް އަދި ކުރިއަށް އޮތް ތަނުގައި ފެށުމަށް ތައްޔާރުވަމުން އަންނަ ކޯސްތަކުގެ މައުލޫމާތު މިނިސްޓަރ އޮފް ހެލްތު އަބުދުﷲ ނާޒިމް އާއި ހިއްސާކޮށްފައެވެ.
އެގޮތުން މިއަހަރު ފެށުމަށް ތައްޔާރުވެފައިވާ ކޯސްތަކާއި ގުޅޭ އެމްއޯޔޫއާއި ގުޅޭގޮތުން ވަނީ މަޝަވަރާކުރެވިފައެވެ.
މި ބައްދަލުވުމުގައި މިނިސްޓްރީ އޮފްހެލްތުގެ އިސްވެރިންނާއި، ހަޔަރ އެޑިޔުކޭޝަންގެ އިސްވެރިންގެ އިތުރުން މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ އިސްވެރިން ބައިވެރިވަޑައިގެންނެވިއެވެ.
މި ލިޔުން ކިޔާލުމުން