އއ އާއި އދ. އަތޮޅުގެ ޞިއްހީ ޚިދުމަތު ގެ ފެންވަރު ރަނގަޅު ކުރުމާއި ބައެއް ރަށްރަށުގެ އިންފްރާސްޓްރަކްޗަރ ހަރުދަނާ ކުރުމުގެ އިތުރުން ބޭސް ލިބުމުގެ ކަންކަން ހަރުދަނާ ކުރުމަށް މިނިސްޓްރީ އޮފް ހެލްތުގެ ސީނިއަރ މެނޭޖްމަންޓްގެ ޓީމެއް އެ ދެ އަތޮޅުގެ ބައެއް ރަށްރަށަށް ވަޑައިގެންފިއެވެ.
މި ދަތުރުގައި މިނިސްޓްރީ އޮފް ހެލްތުގެ ސީނިއަރ މެނޭޖްމަންޓްގެ ޓީމެއް އެ ދެ އަތޮޅުގެ ބައެއް ރަށްރަށަށް ވަޑައިގެންނެވިއެވެ. މި ދަތުތުގައި އިސްކޮށް ހުންނެވީ ސްޓޭޓް މިނިސްޓަރ އަހްމަދު ޤާސިމް އެވެ. މިދަތުރުގައި ސްޓޭޓް މިނިސްޓަރ އިސްމާއީލް ޝަރީފް ވެސް ބައިވެރިވަޑައިގެންނެވިއެވެ.
އއ އަދި އދ. އަތޮޅުގެ ޞިއްހީ ޚިދުމަތު ގެ ފެންވަރު ރަނގަޅު ކުރުމާއި ބައެއް ރަށްރަށުގެ އިންފްރާސްޓްރަކްޗަރ ހަރުދަނާ ކުރުމުގެ އިތުރުން ބޭސް ލިބުމުގެ ކަންކަން ހަރުދަނާ ކުރުމަށް މިނިސްޓްރީ އޮފް ހެލްތުގެ ސީނިއަރ މެނޭޖްމަންޓްގެ ޓީމެއް އެ ދެ އަތޮޅުގެ ބައެއް ރަށްރަށަށް ވަޑައިގެންފިއެވެ. pic.twitter.com/4zChQX5NG6
— Ministry of Health (@MoHmv) April 18, 2025
މިދިޔަ ބުރާސްފަތި އަދި ހުކުރު ދުވަހު މި ޓީމް ވަނީ އދ. މަންދޫ އަދި މަމިގިލީ ހެލްތު ސެންޓަރަށް ވަޑައިގެން އެ އެތަނުގައި ޚިދުމަތް ދިނުމުގައި ދިމާވާ ދަތިަތަކާއި ބައެއް ޚިދުމަތް ފުޅާ ކުރުމާއި ގުޅޭގޮތުން މަޝަވަރާކުރައްވާފައެވެ.
މީގެ އިތުރުން އިންފްރާސްޓްރަކްޗަރ ހަރުދަނާ ކުރުމުގެ އިތުރުން ބޭސް ލިބުމުގެ ކަންކަން ހަރުދަނާ ކުރުމާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
މީގެ އިތުރުން މި ދަތުރުގައި މާމިގިލީ ހޮސްޕިޓަލް އިމާރާތްކުރުމަށް ހަމަޖެހިފައިވާ ބިން ހަވާލުކުރުމާއި ގުޅޭގޮތުން ވަނީ އެ ރަށު ކައުންސިލާއި އެކުވެސް މަަޝަވަރާކޮށްފައެވެ. މި މަޝަވަރާގައި ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ފަށާނެ ދުވަހަކާއި ގުޅޭގޮތުން ވަނީ މަޝަވަރާކޮށްފައެވެ. އަދި ކައުންސިލްގެ ފަރާތުން މަސައްކަތް ކުރިއަށްދާއިރު އެކަން މޮނިޓަރކުރުމާއި ގުޅޭގޮތުންވެސް މަޝަވަރާކުރެވުނެވެ.
މި ދަތުރުގައި އދ. މަންދޫ، އދ. މާމިގިލީ ހެލްތު ސެންޓަރ ގެ އިތުރުން އއ. ފެރިދޫ އާއި އުކުޅަހު ހެލްތް ސެންޓަރަށް ވަނީ ވަޑައިގެންފައެވެ.
އަދި ރަސްދޫ ހޮސްޕިޓަލަށް ވަޑައިގެން އެރަށުގެ އައު ހޮސްޕިޓަލް އަޅަން ހަމަޖެހިފައިވާ ބިން ވެސް ވަނީ ބައްލަވާފައެވެ.
މި ދަތުރުގައި މުވައްޒަފުންގެ ދަތިކަމާއި އެހެނިހެން މަރާމާތާއި ގުޅޭގޮތުން އަދި ހުރިހާ ރަށެއްގެ ބޭސް ލިބެން ހުރިތޯ ވަނީ ކަށަވަރުކޮށްފައެވެ.
މި ދަތުރަކީ ސީދާ ރައީސުލްޖުމުހޫރިއްޔާގެ އިސްނެންގެވުމުގެ މަތިން، ރަށްރަށުގެ ޞިއްހީ ހާލަތު ގާތުން ބަލާ، ކަންކަން ވީހާވެސް އަވަހަށް ހައްލުކުރުމަށް ދެއްވާފައިވާ އިރުޝާދުގެ ދަށުން ޚިދުމަތް ދިނުމަށް މިހާރު ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް މިނިސްޓަރ ގެ އިރުޝާދާއި އެކު ކުރެވޭ ދަތުރުތަކެކެވެ.
މިނިސްޓްރީގެ އިސްވެރިންގެ އިތުރުން އެސްޓީއޯގެ ޓީމެއްވެސް މި ދަތުރުގައި ބައިވެރިވިއެވެ.
މި ލިޔުން ކިޔާލުމުން