ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް، ކ. އަތޮޅު ފޭދޫ ފިނޮޅު ތަރައްޤީކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލައްވައިފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ވަޒީރު އެ ރަށަށް ވަޑައިގެންނެވުމުން މަރުޙަބާ ދެންނެވީ ޕާރލް އެޓޯލް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ ފޭން ޖިއާންގްލިން އާއި، ދުސިތު ތާނީ މޯލްޑިވްސްގެ އޭރިއާ ޖެނެރަލް މެނޭޖަރ ޖީން-ލުއީ ރިޕޯޗް އަދި ދުސިތުޑީ2 ފެއްދޫ މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރ ޔޯގެސްވަރަން ވީރަސާމީއެވެ.
މި ދަތުރުގައި ވަޒީރު ވަނީ 2025 ގެ މެދުތެރޭގައި ހުޅުވުމަށް އަމާޒުކުރާ ރިސޯޓުގެ ތަރައްޤީގެ މަސައްކަތްތައް ކުރިއަށްދާ މިންވަރު ބައްލަވާލައްވާފައެވެ.
ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން ހާމަކުރާ ގޮތުގައި ވަޒީރުގެ މި ދަތުރުފުޅަކީ ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ތަރައްޤީގެ މަޝްރޫޢުތަކުގެ ހާލަތު ދެނެގަތުމަށް ކުރައްވަމުންދާ ދަތުރުފުޅުތަކުގެ ތެރެއިން ކުރެއްވި ދަތުރުފުޅެކެވެ.
ފޭދޫފިނޮޅުގައި ތަރައްޤީކުރަމުންދާ ރިސޯޓަކީ ދުސިތު އިންޓަރނޭޝަނަލް ގްރޫޕުން ހިންގާ ދެވަނަ ރިސޯޓެވެ.
މި ލިޔުން ކިޔާލުމުން