10 އެޕްރީލް 2025 ގެ ނިޔަލަށް ޓެކްސް ނޫން އެހެނިހެން ގޮތްގޮތުން ދައުލަތަށް ލިބުނު އާމްދަނީ އިތުރުވެއްޖެއެވެ.
މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް" ރިޕޯޓުގައިވާ ގޮތުން، މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ދައުލަތަށް 2.5 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 1.9 ބިލިއަން ރުފިޔާ ކަމަށްވާއިރު، މި އަހަރުގެ މި މުއްދަތުގައި ޓެކްސް ނޫން އެހެނިހެން ގޮތްގޮތުން ލިބުނު އާމްދަނީ މިވަނީ ގާތްގަނޑަކަށް 600 މިލިއަން ރުފިޔާއިން އިތުރުވެފައެވެ.
މީގެ އިތުރުން، މި އަހަރު ހިލޭ އެހީގެ ގޮތުގައި ވެސް ދައުލަތަށް ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު، 12.4 މިލިއަން ރުފިޔާ އިތުރަށް ލިބިފައެވެ. މިގޮތުން މި އަހަރުގެ އެޕްރީލް 10 ވަނަ ދުވަހުގެ ނިޔަލަށް ހިލޭ އެހީގެ ގޮތުގައި 56 މިލިއަން ރުފިޔާ ލިބިފައިވާއިރު، ފާއިތުވި 2024 ވަނަ އަހަރުގެ މި މުއްދަތުގައި ހިލޭ އެހީގެ ގޮތުގައި ލިބިފައިވަނީ 43.6 މިލިއަން ރުފިޔާއެވެ.
"ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް" އަކީ ދައުލަތުގެ އާމްދަނީއާއި ޚަރަދާ ގުޅޭ މަޢުލޫމާތުގެ އަދާހަމަ ހިމަނައިގެން މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން އާންމުކުރަމުންދާ ރިޕޯޓެކެވެ. މި ރިޕޯޓަކީ ކޮންމެ ހަފުތާއެއްގެ ވެސް އަންގާރަ ދުވަހު ޝާއިޢުކުރެވޭ ރިޕޯޓެކެވެ.
މި ލިޔުން ކިޔާލުމުން