ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒުގައި ބައިވެރިވުމުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފިއެވެ.
މި މުއްދަތު އިތުރު ކޮށްފައިވަނީ މި ހިނގާ އެޕްރީލް މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށެވެ.
މި މަޢުރަޒުގައި ބައިވެރިވުމަށް އެންމެ ފުރަތަމަ ހުޅުވާލީ މާރިޗު 31 ގެ ނިޔަލަށެވެ. ނަމަވެސް ރަމަޟާން މަހުގެ ފަހު ދިހައެއްގައި ސަރުކާރު ބަންދުވުމާއި، ޢީދު ޗުއްޓީއާ ގުޅިގެން ބަންދު ދުވަސްތަކެއް އައުމާ ގުޅިގެން މި މުއްދަތު ވަނީ އެޕްރީލް 15 ގެ ނިޔަލަށް އިތުރުކޮށްފައެވެ.
ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ރަޖިސްޓްރީ ކުރެވޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން އީ-ގަވް މެދުވެރިކޮށް އޮންލައިންކޮށް ފޯމް ހުށަހެޅުމުގެ އިތުރުން، މި މައުރަޒަށް ޚާއްޞަ ވެބްސައިޓް، www.expo.mv ގައިވާ ފޯމް، އީމެއިލްގެ ޒަރިއްޔާއިންނާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުގެ ހެޑް އޮފީހުން، އަދި އަތޮޅުތަކުގައި ހުންނަ ބީސީސީގެ ބިޒްނަސް ސެންޓަރތަކުން ބަލައިގަނެވޭނެ އިންތިޒާމް ވަނީ ހަމަޖައްސައިފައެވެ.
މީގެ އިތުރުން މައުރަޒުގައި ބައިވެރިވާ ފަރާތްތަކުން ބޭނުން ޢަދަދަކަށް ތަކެތި ބައިވެރި ކުރެވޭނެ ފުރުޞަތުވެސް މިހާރު ވަނީ ހުޅުވާލާފައެވެ.
މަޢުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ މެއި މަހުގެ 23 އިން 31 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.
މި ލިޔުން ކިޔާލުމުން