މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ވޮލަންޓިއަރ ކޮށް އެހީތެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ނޭޝަނަލް ޑްރަގް އެޖެންސީ، އެންޑީއޭއިން ހުޅުވާލައިފިއެވެ.
ވޮލަންޓިއަރ ޕިއަރ ވޯކަރސްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތު 30 މީހުނަށް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ނެޝަނަލް ޑްރަގް އެޖެންސީ އިން މައުލޫމާތުދެއެވެ.
އެންޑީއޭއިން ވަނީ އެ އެޖެންސީގެ ދަށުން ހިންގޭ ސެންޓަރުތަކުގައި ވޮލަންޓިއަރ ޕިއަރ ވޯކަރސްގެ ގޮތުގައި މަސައްކަތްކުރުމަށް ޝަޢުގުވެރިވާ ފަރާތްތަކުން ސީ.ވީ އާއިއެކު ސިޓީ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ.
މަގާމުގެ ޝަރުތުތަކުގެ ތެރޭގައި ގްރޭޑް 7 ނިންމާފައިވުމާއި މަސްތުވާތަކެތީގެ ފަރުވާއެއް ފުރިހަމަކޮށް މަސްތުން ސާފުވެފައިވާ މީހަކަށް ވުން ހިމެނެއެވެ.
މަސައްކަތް ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ތަންތަނުގެ ތެރޭގައި އެންޑީއޭ، ހިންމަފުށީގައި ގާއިމްކޮށްފައިވާ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރު، ހުޅުމާލޭގައި ގާއިމްކޮށްފައިވާ ހާފްވޭހައުސް، ދަގެނާ އަދި ސ.ހުޅުދޫގައި ގާއިމްކޮށްފައި ހުރި ވިލުނު ސެންޓަރު ހިމެނެއެވެ.
މީގެ އިތުރުން ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރު ( ގދ. ތިނަދޫ، ސ.ހިތަދޫ، ޏ، ފުވައްމުލައްސިޓީ ) ގައި ވެސް މަސައްކަތް ކުރުމުގެ ފުރުސަތު އެންޑީއޭއިން ވަނީ ހުޅުވާލާފައެވެ.
މި ލިޔުން ކިޔާލުމުން