ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް، ތުރުކީވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.
މި ދަތުރުފުޅުގެ މައިގަނޑު މަޤުޞަދަކީ 11 އިން 13 އެޕްރީލް އަށް ބޭއްވި އަންތަލްޔާ ޑިޕްލޮމަސީ ފޯރަމްގެ ހަތަރުވަނަ އެޑިޝަންގައި ބައިވެރިވެވަޑައިގަތުމެވެ. މި ދަތުރުފުޅުގައި ފޯރަމްގެ ހަވާސާގައި ވަޒީރު ވަނީ އެންގޯލާ، އަޒަރުބައިޖާން، ގެމްބިއާ، ގާނާ އަދި ހަންގޭރީގެ ޚާރިޖީ ވަޒީރުންނާ ބައްދަލުކުރައްވައިފައެވެ.
މީގެ އިތުރުން ވަޒީރު ވަނީ ތުރުކީގެ މިނިސްޓަރ އޮފް ޓްރޭޑް އަދި މިނިސްޓަރ އޮފް ކަލްޗަރ އެންޑް ޓޫރިޒަމާ ވެސް ބައްދަލުކުރައްވައިފައެވެ.
މި ދަތުރުފުޅުގެ ތެރެއިން ވަޒީރު ވަނީ ތުރުކީގައި ޤާއިމްކޮށްފައިވާ ދިވެހިރާއްޖޭގެ އެމްބަސީ ރަސްމީކޮށް ހުޅުއްވައިދެއްވައިފައެވެ. އަދި އެމަނިކުފާނު ވަނީ ތުރުކީގެ ވިޔަފާރިވެރިންނާ ބައްދަލުކުރައްވައި، ރާއްޖޭގައި އިންވެސްޓްކުރުމަށް ހުރި ފުރުޞަތުތަކުގެ މަޢުލޫމާތު ދެއްވައިފައެވެ.
މި ދަތުރުފުޅުގައި ވަޒީރުގެ އަރިހުގައި ސެކްރެޓަރީ ޑރ. ހާލާ ހަމީދާއި ސީނިއަރ އަންޑަރ ސެކްރެޓަރީ، ޙަސަން ޙުސައިން ޝިހާބް ބައިވެރިވެލެއްވިއެވެ.
މި ލިޔުން ކިޔާލުމުން