ބުރިޖުމަތީ ވޭނަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ހަ އަހަރުގެ ކުއްޖަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނީ ސީޕްލޭން ޓާމިނަލް ސަރަހައްދުން ނުކުތް ވޭނަކާއި ހައިވޭއިން ދިޔަ ސައިކަލެއް ޖެހި އެކްސިޑެންޓުވެފައިވާ މައްސަލަ މިއަދު 17:53 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން ފުލުހުން ބުނީ މި އެކްސިޑެންޓުގައި ހިމެނޭ ސައިކަލު ދުއްވި މީހާއަށާއި ސައިކަލުގައި ހަ އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެފައިވާ ކަމަށެވެ. އަދި ކުޑަކުއްޖާއަށް ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، ދުއްވަން އިން މީހާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.
މި ލިޔުން ކިޔާލުމުން