އިޓަލީގެ މަޝްހޫރު ފުޓްބޯޅަ ކުލަބް، ޔުވެންޓަސްއިން އެ ކުލަބުގެ 127 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ޚާއްސަ ހަރަކާތްތަކެއް ދިވެހިރާއްޖޭގައި ބާއްވަން ނިންމައިފިއެވެ. މި ހަރަކާތް ބާއްވަނީ އދ. މަހިބަދޫގައެވެ.
ޔުވެންޓަސްގެ 127 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބާއްވާ އިވެންޓު އޮންނަނީ ދުނިޔޭގެ ތިން ތަނެއްގައެވެ. އެއީ ޑެންމާކް، ނިއުޔޯކް އަދި ދިވެހިރާއްޖެ (މަހިބަދޫ ) އެވެ.
މަހިބަދޫއަށް މި ފުރުސަތު ލިބުނީ އެ ދަނޑުގެ ފޮޓޯއާއި ވީޑިއޯތައް އިންސްޓަގްރާމްގައި ހިއްސާކުރާ ރާއްޖޭގެ ފުޓްބޯޅަ ކޮންޓެންޓް ކްރިއޭޓަރ މުހައްމަދު ނައުޝާދު ގެ ފަރާތުންނެވެ. ޔުވެންޓަސްގެ ފޭނެއް ކަމަށްވާ ނައުޝާދުގެ ސަބަބުން ރާއްޖެއަށް މި ފުރުސަތު ލިބުނު އިރު ޑާވިޑްސް އާއި ޔުވެންޓަސްގެ ފޭނުން ހިމެނޭ ގޮތަށް 30 މީހުންގެ ޓީމެއް މަހިބަދޫއަށް އަންނަން ހަމަޖެހިފައިވެއެވެ. އަދި ހަތަރު ދުވަހު އަހަރީ ދުވަސް ފާހަގަ ކުރުމުގެ ހަރަކާތްތައް ބޭއްވުމަށް ހަމަޖެހިފައިވެއެވެ.
View this post on Instagram
މަހިބަދޫ ތައްޔާރުވަމުން އަންނަނީ "ޔުވެންޓަސް އެކްސްޓްރީމް ފީލްޑްސް" ގެ ނަމުގައި ބާއްވާ ޚާއްސަ ފުޓްބޯޅަ މެޗަކަށެވެ.
ހޮނިހިރު ދުވަހު ކުޅޭ މި މެޗް އޮންނާނީ މަހިބަދޫ ޕެލޭ ސްޓޭޑިއަމްގައެވެ. އެ މެޗުގައި ޔުވެންޓަސްއަށް ކުރިން ކުޅުނު ނެދަލަންޑްސްގެ މަޝްހޫރު މިޑްފީލްޑަރ އެޑްގާ ޑާވިޑްސް ބައިވެރިވާނެއެވެ.
ޔުވެންޓަސްއިން އަހަރީ ދުވަސް ފާހަގަކުރުމަށް ދުނިޔޭގެ ތިން ތަނެއް ކަނޑައެޅި އިރު މަހިބަދުއަށް މި ފުރުސަތު ލިބުނީ އޭރިއަލް ވިއުތަކުން ރާއްޖޭގެ ޖަޒީރާވަންތަ ހިތްގައިމުކަން ދައްކައިދޭ ގޮތަށް މަހިބަދޫ ފުޓްބޯޅަ ދަނޑު (ޕެލޭ ސްޓޭޑިއަމް) އިންސްޓަގްރާމްގައި ވައިރަލްވުމާ ގުޅިގެންނެވެ.
މި ފުރުޞަތު ވެގެންދާނީ ރާއްޖޭގެ ޓޫރިޒަމް އަށްވެސް ލިބޭ ވަރަށް ބޮޑު އެކްސްޕޯޝަރ އަކަށެވެ.
މި ލިޔުން ކިޔާލުމުން