ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމަށް، އިބްރާހިމް ތައާމު މުހައްމަދު މިއަދު އައްޔަންކޮށްފި އެވެ.
ތައާމް މަސައްކަތް ކުރަމުން އަންނަނީ ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ގެ މަޤާމުގައެވެ.
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމުގެ މަޤާމަށް، މ. ބްލޫނައިލް، އަލްފާޟިލް އިބްރާހިމް ޠަޢާމު މުޙައްމަދު މިއަދު ވަނީ އައްޔަނުކުރެވިފައެވެ.
— Privatization & Corporatization Board (@pcb_gov) April 15, 2025
ތަޢާމް އެޗްޑީސީގެ ބޯޑަށް ޢައްޔަނުކޮށްފައި މި ވަނީ އެ ބޯޑުގެ މެމްބަރުކަށް ހުންނެވި ކުރިން ހުންނެވި ހއ. ފިއްލަދޫ، މަބުސްތާނުގޭ މުޙައްމަދު ވަހީދު މި މަހުގެ 6 ގައި ވަކިކުރުމަށް ފަހު އެވެ.
މި ލިޔުން ކިޔާލުމުން