ނ. ވެލިދޫގައި މިއަދު ހެނދުނު ޑަޔަލިސިސް ގެ ޚިދުމަތް ފަށައިފިއެވެ.
ވެލިދޫ ޞިއްޙީ މަރުކަޒުން މިއަދު ވަނީ ދެ ޕޭޝެންޓަކު މި ޚިދުމަތް ހޯދާފައެވެ.
ވެލިދޫ ޞިއްޙީ މަރުކަޒުން ބުނީ ކައިރި ރަށްރަށުން މި ޚިދުމަތް ހޯދުމަށް ޕޭޝެންޓުން އެބަތިބި ކަމަށެވެ.
ނ. އަތޮޅު ހޮޅުދޫގައިވެސް ޑަޔަލިސިސްގެ ޚިދުމަތް މިހާރު ވަނީ ފަށާފައެވެ.
މިމަހު ތ އަތޮޅުު ވޭމަންޑޫގައި ވެސް ޑަޔަލިސިސްގެ ޚިދުމަތް ފެށުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
ޑަޔަލިސިސްގެ ޚިދުމަތް އެންމެ ފަހުން ފަށާފައިވަނީ ހއ. އިހަވަންދޫގައެވެ.
ވެލިދޫގައި ޑަޔަލިސިސްގެ ޚިދުމަތް ފެށުމާއި މާލެ ފިޔަވައި 15 ރަށެއްގައި ޑަޔަލިސިސްގެ ޚިދުމަތް މިހާރު ލިބޭނެއެވެ.
ޑަޔަލިސިސްގެ ޚިދުމަތް މިހާރު ނުފެށި ހުރި އަތޮޅުތަކަކީ، އއ،އދ،ވ،މ،ފ އދި ދ އަތޮޅެވެ.
ސަރުކާރުގެ އަމާޒަކީ މި ދައުރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޑަޔަލިސިސްގެ ޚިދުމަތް ލިބޭނެގޮތް ހެދުމެވެ.
މި ލިޔުން ކިޔާލުމުން