އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސަލަންސީ ޖީ. ބާލަސުބްރަމާނިއަން، މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު، މޫސާ ޒަމީރުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މާލީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި މި ބައްދަލުވުމުގައި ވަޒީރާއި ސަފީރު ވަނީ ދިވެހިރާއްޖެއާއި އިންޑިއާ އާ ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ.
The High Commissioner of the Republic of India to the Republic of the Maldives, His Excellency G. Balasubramanian paid a courtesy call on Minister @MoosaZameer today. Discussions focused on potential areas for collaboration for mutual benefits. pic.twitter.com/EQXyKBxpmi
— Ministry of Finance and Planning (@MoFmv) April 14, 2025
މި ބައްދަލުވުމުގައި ސަފީރުގެ އަރިހުގައި ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަންގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ވަޒީރުގެ އަރިހުގައި މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާގެ އިސްވެރިންވެސް ބައިވެރިވެލެއްވިއެވެ.
އިންޑިއާގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒަށް އަރުއްވާފައިވަނީ މިދިޔަ ޖަނަވަރީ މަހުގެ 6 ވަނަ ދުވަހު އެވެ.
މި ލިޔުން ކިޔާލުމުން