ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓް (އެސް.އެފް.ޑީ) އަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއް ކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު، މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ވަޒީރު މޫސާ ޒަމީރު މިހެން ވިދާޅުވީ ސައުދީ ފަންޑް ފޮރ ޑިވެލޮޕްމަންޓް (ސައުދީ ފަންޑް) އިން، އެކްސްޕޭންޝަން އޮފް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް މަޝްރޫއަށް އިތުރު ފައިނޭންސިންގގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިވާ ގޮތުގައި 63,750,000.00 (ފަސް ދޮޅަސް ތިން މިލިއަން ހަތް ސަތޭކަ ފަންސާސް ހާސް) ސައުދީ ރިޔާލްގެ ލޯނު އެއްބަސްވުމުގައި ދިވެހި ސަރުކާރާއި ސައުދީ ފަންޑާއި އެކު ސޮއިކުރުމަށް މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ޚައްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޒީރުގެ ވާހަކަފުޅުފުގައި ދިވެހިންގެ ތަރައްޤީގެ ދަތުރުގައި ސައުދީ ފަންޑުގެ ދެމެންދާ އެހީތެރިކަމަށްޓަކައި ޚާއްސަ ޝުކުރެއް އަދާކުރިއެވެ. އެގޮތުން، ބިނާރާ ބެހޭ މަޝްރޫޢުތަކުން ފެށިގެން ޞިއްޙީ ދާއިރާއާއި ބޯހިޔާވަހިކަމާއި އަދި ކާރިސާތަކުން އަރައިގަތުމަށް ސަޢޫދީ ފަންޑުން ވެދެއްވާފައިވާ އެހީތެރިކަން ވަޒީރުވަނީ ފާހަގަކުރައްވާފައެވެ. ވަކިން ޚާއްސަކޮށް އެސް.އެފް.ޑީން ދިވެހިރާއްޖެއަށް ދެއްވި ފުރަތަމަ ލޯނަކީ 1978 ގައި މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމަށް ދެއްވި ލޯނެއްކަން ފާހަގަކުރައްވައި ސަޢޫދީ ފަންޑުގެ އެހީތެރިކަމަކީ ދިވެހި ރައްޔިތުންގެ ދިރިއުޅުމަށް ދެމިގެންދާ ބަދަލުތަކެއް ގެނެސްދީފައިވާ ބަދަލުތަކެއްކަމަށް މާލީ ވަޒީރު ވިދާޅުވިއެވެ.
އެސް.އެފް.ޑީގެ ޗީފް އެގްޒެކެޓިވް އޮފިސަރ، ހިޒް އެކްސެލެންސީ ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް މަރްޝަދު ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި މިއަދު ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އާ ޓާމިނަލް ނިންމަން ސަޢޫދީ ފަންޑުން ރާއްޖެ އަށް ދޭ ދެވަނަ ލޯނުގެ އެއްބަސްވުމުގައި ސޮއިކުރައްވައިފައެވެ. އާ ޓާމިނަލް ނިންމަން ދިވެހި ސަރުކާރަށް ސަޢޫދީ ފަންޑުން މި ފަހަރު ދިނީ 17 މިލިއަން ޑޮލަރެވެ.
ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު މޫސާ ޒަމީރެވެ. ސަޢޫދީ ފަންޑުގެ ފަރާތުން ސޮއިކުރެއްވީ ސީ.އީ.އޯ ސުލްތާން އަލް މަރްޝަދެވެ.
މި ލިޔުން ކިޔާލުމުން