މިއަދު 09:00 އިން ފެށިގެން ހުޅުމާލޭ ފޭސް 2ގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ ކަމުގައި ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައަށް ދިމާވެފައިވާ ވަރަށް ކްރިޓިކަލް މައްސަލަތަކެއް ހައްލުކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ކަސްޓަމަރުންގެ ސަމާލުކަމަށް! ދެވަނަ ފިޔަވަހީގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައަށް ދިމާވެފައިވާ ވަރަށް ކްރިޓިކަލް މައްސަލަތަކެއް ހައްލުކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން. މި މަސައްކަތުގެ ތެރެއިން މިއަދު ހެނދުނު 9:00 އިން ފެށިގެން ދެވަނަ ފިޔަވަހީގެ… pic.twitter.com/00lZOMacNw
— STELCO (@STELCOMALDIVES) April 14, 2025
މިގޮތުން މި މަސައްކަތުގެ ތެރެއިން މިއަދު ހެނދުނު 9:00 އިން ފެށިގެން ދެވަނަ ފިޔަވަހީގެ އެކި ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމުގައި ސްޓެލްކޯއިން ބުންޏެވެ.
އަދި މި މަސައްކަތަކީ އެ ކުންފުނީގެ ޚިދުމަތް މެދުނުކެނޑި، އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަިނުމަށްޓަކައި ކުރެވޭ މުހިންމު މަސައްކަތެކެއް ކަމަށްވެސް ސްޓެލްކޯއިން ބުނެއެވެ.
"މިފަދަ ޙާލަތްތަކުގައި ކަސްޓަމަރުންގެ ފަރާތުން އަބަދުވެސް ލިބެމުން އަންނަ އެއްބާރުލެއްވުމަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން"، ސްޓެލްކޯއިން ބުނެފައިވެއެވެ.
ސްޓެލްކޯއިން ވަނީ ކަރަންޓު ކެނޑުމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް މަޢާފަށް އެދިފައެވެ.
މި ލިޔުން ކިޔާލުމުން