މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ، ގަލޮޅު ސިޓީ ޕާކު ތަރައްޤީ ކުރުމުގެ މަސައްކަތުގެ ތެރޭގައި ހިމެނޭ ހާޑްސްކޭޕިންގ މަސައްކަތް ބަޔަކާ ހަވާލުކޮށްފިއެވެ.
ގަލޮޅު ސިޓީ ޕާކުގެ ހާޑްސްކޭޕިންގ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ސިޓީ ކައުންސިލުން އިޢުލާންކުރީ މިދިޔަ ފެބުރުވަރީ މަހުގެ 18 ވަނަ ދުވަހުއެވެ. މޭޔަރ އާދަމް އާޒިމް ހާމަކުރެއްވި ގޮތުގައި މި މަސައްކަތް ހަވާލުކޮށްފައިވަނީ ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ.
1. ޕްރޮޖެކްޓުގެ ނަން: މާލޭސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ، ގަލޮޅު ސިޓީ ޕާރކް ތަރައްޤީ ކުރުމުގެ މަސައްކަތުގެ ތެރޭގައި ހިމެނޭ ހާރޑް ސްކޭޕިންގ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ،
2. މަސައްކަތާ ހަވާލުވި ކުންފުނީގެ ނަން: ހައިމަން ކޮންސްޓްރަކްޝަން… pic.twitter.com/9V2jhqIurN— Mayor of Male’ City - Adam Azim (@adamazim) April 13, 2025
މި މަސައްކަތުގެ ޖުމުލަ އަގަކީ 1,828,491.84 (އެއް މިލިއަން އަށް ލައްކަ އަށާވީސް ހާސް ހަތަރު ސަތޭކަ ނުވަ ދިހަ އެއް ރުފިޔާ އަށްޑިހަ ހަތަރު ލާރި) އެވެ.
މި މަސައްކަތް ހަވާލުކޮށްފައިވަނީ 2025 ވަނަ އަހަރު އެޕްރީލް މަހުގެ 11 ވަނަ ދުވަހުން ފެށިގެން 2025 ވަނަ އަހަރު މެއި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް، ބަންދު ދުވަސްތަކާއެކު ޖުމުލަ 30 ދުވަހުގެ ނިންމާ ގޮތަށެވެ.
މި ލިޔުން ކިޔާލުމުން