ސުލޫކީ މައްސަލައެއް ބަލަމުންގެންދާތީވެ ދެ ޕްރޮސެކިއުޓަރަކު ސަންސްޕެންޑް ކޮށްފިއެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ މުވައްޒަފުންގެ ސުލޫކީ މައްސަލަތައް ބަލައި ފިޔަވަޅު އަޅާނެ ގޮތުގެ ގަވާއިދު ގެ ދަށުން އެ އޮފީހުގެ ދެ ޕްރޮސިކިއުޓަރަކު، މައްސަލަ ބަލައި ނިމެންދެން ސަސްޕެންޑުކުރުމަށް ނިންމާފައިވާ ކަމަށެވެ.
"ސުލޫކީ ކޮމިޓީން ބަލަމުންދާ މައްސަލައަކީ ޖިންސީ ފުރައްސާރަކުރުމާއި، މި އޮފީހުން ޤަބޫލުކޮށް ހިފަހައްޓަމުންދާ އަޙްލާޤީ މިންގަނޑާ ޚިލާފުވުމުގެ މައްސަލައެކެވެ" އެ އޮފީހުން އާއްމުކޮށްފައި ވެއެވެ.
މި މައްސަލާގައި ފުލުހުން ބަލަންޖެހޭ ބެލުންތަކެއް ހުރުމުން އެ ފުލުހުންވެސް މި މައްސަލަ ތަހްޤީޤް ކުރަމުން އަންނަކަމަށް ޕީޖީ އޮފީހުން މައުލޫމާތުދެއެވެ.
މި ލިޔުން ކިޔާލުމުން