ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން ރާއްޖެއިން ބޭރަށް ފުރާއިރު ސައްހަ ވޯކް ވިސާއެއް އޮތްކަން ޔަގީން ކުރުމަށް އިމިގްރޭޝަނުން އެދިއްޖެއެވެ.
އިމިގްރޭޝަނުން މިއަދު ބުނީ، ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީ ފަރާތްތަކުން ރާއްޖެއިން ބޭރަށް ދަތުުރުކުރާ އިރު ޕާސްޕޯޓުގައި ސައްހަ ވޯކް ވިސާއެއް އޮތްކަން ޔަގީންކުރަން ޖެހޭނެ ކަމަށެވެ.
މީގެ އިތުރުން އިމިގްރޭޝަނުން ބުނީ، ގަވައިދާ ޚިލާފަށް ވިޔަފާރިކޮށް ސައްހަ ވިސާއެއް ނެތި އުޅެމުންދާ ބިދޭސީން ދެނެގަތުމުގެ ޚާއްސަ އޮޕަރޭޝަނެއް ދާޚިލީ ވުޒާރާ އާއި މޯލްޑިވްސް އިމިގްރޭޝަނާއި ދިވެހި ފުލުހުންގެ ޚިދުމަތާއި ގުޅިގެން ކުރިއަށްދާ ކަމަށެވެ.
ސައްހަ ވޯކް ވިސާއެއް އޮތްކަން ޔަގީންކުރައްވާ!
Ensure the validity of your work visa. pic.twitter.com/2W9jE2AX0Z— Maldives Immigration (@ImmigrationMV) April 10, 2025
މި އޮޕަރޭޝަނުގެ ދަށުން ރާއްޖޭގެ ގާނޫނުތަކާއި ޚިލާފަށް ވިޔަފާރިތަކުގެ ތެރޭގަ އާއި އެހެނިހެން ކަންކަމުގައި ހަރާކަތްތެރިވަމުންދާ ބިދޭސީންނަށް އިތުރު ފުރުސަތެއް ދިނުމެއް ނެތި ޑީޕޯޓް ކުރުމުގެ މަސައްކަތް އެ ވުޒާރާތަކުން ދަނީ ކުރަމުންނެވެ. އެގޮތުން މިހާތަނަށް 6076 އަށްވުރެ ގިނަ ބިދޭސީން ވަނީ އަނބުރާ އެމީހުން ނިސްބަތްވާ ޤައުމުތަކަށް ފޮނުވާލައިފައެވެ.
މި ލިޔުން ކިޔާލުމުން