ދިވެހިން އާންމުކޮށް ގޮސް އުޅޭ ބައެއް ގައުމުތަކުގައި ވެސް އައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ހިދުމަތް ފަށަން ދޭން ނިންމައިފި އެވެ.
ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް) އިން އެ ބުނީ އެ ހިދުމަތް ފަށަން ތައްޔާރުވަމުން އަންނަ ގައުމުތަކަކީ މެލޭޝިއާ އާއި ސްރީ ލަންކާ އާއި އިންޑިއާގެ އިތުރުން އިނގިރޭސިވިލާތް ކަމަށެވެ. މި ގައުމުތަކަކީ ގިނަ އަދަދަކަށް ދިވެހިން މިހާރު ދިރިއުޅެމުން އަންނަ ގައުމުތަކެކެވެ.
ނަމަވެސް އެ ގައުމުތަކުގައި ހިދުމަތް ފަށާނެ އިރެއް އަދި ހާމައެއް ނުކުރެ އެވެ.
އައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ހިދުމަތް މުޅި ރާއްޖެ އަށް ފުޅާކުރަން ކުރަން އަންނަ މަސައްކަތުގެ ތެރެއިން މިހާރު 15 ރަށަކަށް އެ ހިދުމަތް ވަނީ ތައާރަފުކޮށްފަ އެވެ. އަދި މި މަހުގެ ތެރޭގައި އިތުރު 4 ރަށެއްގައި ހިދުމަތް ފަށާނެ ކަމަށް ޑީއެންއާރް އިން އިން ބުންޏެވެ.
ސަރުކާރުގެ އަމާޒަކީ އަހަރު ނިމުމުގެ ކުރިން މި ހިދުމަތް މުޅި ރާއްޖެ އަށް ފުޅާކުރުމެވެ
މި ލިޔުން ކިޔާލުމުން