ރަށްވެހިންގެ ފޯރަމަކީ، ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމުގައި ވަރަށް މުހިންމު ފޯރަމެއް ކަމަށް ސިޓީސް، އެންޑް ލޯކަލް ގަވަރމަންޓް މިނިސްޓަރ އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އއ. އުކުޅަހުގައި ކުރިއަށްދާ "ރަށްވެހިންގެ ސައްލާ"ގައި ދެއްކެވި ވާހަކަފުޅުގައެވެ.
މިނިސްޓަރ ވިދާޅުވީ ރަށްވެހިންގެ ފޯރަމަކީ، ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމުގައި ވަރަށް މުހިންމު، އޭގެ ސަބަބުން ވަރަށް ބޮޑެތި ކުރިއެރުންތައް ލިބޭނެ، އަދި ހަމަ އެއާއެކީގައި ރައްޔިތުންގެ ބައިވެރިވުން މި ނިޒާމަށް މުހިންމުވާކަން އެނގިގެންދާ ފޯރަމެއް ކަމަށާއި މިކަމުގެ ސަބަބުން މި ނިޒާމު ހަރުދަނާކުރުމުގައި ޚާއްޞަކޮށް، ކައުންސިލްތަކަށް ދިމާވާ ގޮންޖެހުންތަކަށް ރައްޔިތުންގެ ބައިވެރިވުން ހޯދާނެ ގޮތްތަކާ ބެހޭގޮތުން އިތުރު މަޝްވަރާތައް ކުރެވިގެން ދާނެކަމަށެވެ.
އޭގެ ސަބަބުން ވަރަށް ބޮޑެތި ކުރިއެރުންތައް ލިބޭނެ، އަދި ހަމަ އެއާއެކީގައި ރައްޔިތުންގެ ބައިވެރިވުން މި ނިޒާމަށް މުހިންމުވާކަން އެނގިގެންދާ ފޯރަމެއް. އަޅުގަނޑު ޤަބޫލުކުރަނީ މިކަމުގެ ސަބަބުން މި ނިޒާމު ހަރުދަނާކުރުމުގައި ޚާއްޞަކޮށް، ކައުންސިލްތަކަށް ދިމާވާ ގޮންޖެހުންތަކަށް ރައްޔިތުންގެ ބައިވެރިވުން ހޯދާނެ ގޮތްތަކާ ބެހޭގޮތުން އިތުރު މަޝްވަރާތައް ކުރެވިގެން ދާނެ" އާދަމް ޝަރީފް ވިދާޅުވިއެވެ.
"ރަށްވެހިންގެ ފޯރަމަކީ، ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމުގައި ވަރަށް މުހިންމު، އޭގެ ސަބަބުން ވަރަށް ބޮޑެތި ކުރިއެރުންތައް ލިބޭނެ، އަދި ހަމަ އެއާއެކީގައި ރައްޔިތުންގެ ބައިވެރިވުން މި ނިޒާމަށް މުހިންމުވާކަން އެނގިގެންދާ ފޯރަމެއް. އަޅުގަނޑު ޤަބޫލުކުރަނީ މިކަމުގެ ސަބަބުން މި ނިޒާމު… pic.twitter.com/p3oWtNVMtz
— Ministry of Cities, Local Government, Public Works (@MoCLPmv) April 12, 2025
ވަޒީރުގެ ވާހަކަފުޅުގައި ކައުންސިލްތަކުން ރައްޔިތުން ބާރުވެރިކުރުމަށްޓަކައި މިހާތަށް ކުރައްވާފައިވާ މަސައްކަތްތަކަކީ ވަރަށް ކާމިޔާބު މަސައްކަތެއްކަަމަށެވެ. އެމަސައްކަތްތަކުން ލާމަރުކަޒީ ނިޒާމު ހަރުދަނާވެފައިވާކަމަސާއި، މިހާރު މި ނިޒާމަކީ ރައްޔިތުން ބަލައި ގަންނަ އެއްޗަކަށް ވެފައިވާކަމަށް ވިދާޅުވިއެވެ.
It is very inspiring and encouraging to take part in the Public Engagement in the Local Governance Forum @lgaMaldives held in Ukulhas with over 87 participants including council members and administrators along with the British High Commissioner His Excellency Nicholas David Low… pic.twitter.com/ozWNb2gl3z
— Adam Shareef Umar (@Adamshareefz) April 12, 2025
މި ލިޔުން ކިޔާލުމުން