ލ. މާންދޫގައި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެއެވެ.
އެކްސިޑެންޓުގައި ނިޔާވެފައި ވަނީ ލ.މާބައިދޫ އަށް ނިސްބަތްވާ އިބްރާހިމް ނައުޒަމް ނަމަކަށް ކިޔާ ޒުވާނެކެވެ.
މީޑިއާތަަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ދެންމެ ބުނީ މާންދޫ ބެންޑު ސަރަހައްދުން ސައިކަލެއް ކޮންޓްރޯލްނުވެގޮސް އެކްސިޑެންޓްވެފައިވާ މައްސަލަ ރޭ ދަންވަރު 1:40 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި އެކްސިޑެންޓުގައި އަނިޔާވި ލ. މައިބައިދޫ/ ސޫރަޖު ވިލާ، އިބްރާހިމް ނައުޒަމް 30އ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނު ނިޔާވެފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނީ އޭނާ ނިޔާވެފައި ވަނީ މިއަދު ހެނދުނު 8:45 ހާއިރު ކަމަށެވެ.
ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
މި ލިޔުން ކިޔާލުމުން