ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ދެނީ ޤައުމީ ޚިދުމަތެއް ކަމަށާއި އެކަމުގެ އަގުވަޒަން ކުރައްވާ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް ގެ 59 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ތަހްނިޔާގެ މެސެޖްގައެވެ.
އެކްސްގައި ކުރެއްވި ޕޯސްޓްގައި ވަނީ އެމްއޭސީއެލްގެ އެހާރާއި މިހާރުގެ ހުރިހާ ޚިދުމަތްތެރީންނަށް އަގުވަޒަންކޮށް، ޝުކުރު ދަންނަވާފައެވެ.
އެމްއޭސީއެލްގެ އަހަރީ ދުވަސް ފާހަގަކުރުމަށް މިއަދު ވަނީ ދިދަ ނެގުމުގެ ހާއްޞަ ރަސްމިއްޔާތެއްގެ އިތުރުން ހިނގާލުމެއް ބާއްވާފައެވެ.
މި ލިޔުން ކިޔާލުމުން