ފަލަސްޠީނުގެ ރައްޔިތުންނާއެކު ދިވެހިން ތިބިކަން ދައްކުވައިދީ ފަލަސްޠީނު ރައްޔިތުންގެ ޙައްޤުގައި އަޑުއުފުލުމަށް ބޮޑު ހަރާކާތެއް މާލޭގައި ބާއްވައިފިއެވެ.
"ޣައްޒާއާ އެކުގައި" މި ނަމުގައި ކުރިއަށްގެންދިޔަ މި ހަރަކާތަކީ ރާއްޖޭގައި ހަރަކާތްތެރިވާ ދީނީ ޢިލްމުވެރިން އިސްނަގައިގެން ކުރިއަށް ދިޔަ ހަރަކާތެކެވެ. މި ހަރަކާތުގައި ދީނީ ޖަމްޢިއްޔާތަކުން ވެސް ބައިވެރިވިއެވެ.
މިއަދު ހަވީރު 16:15 ގައި ރަސްފަންނު ސަރަޙައްދުން ފެށިގެން އަމީނީ މަގާއި މަޖީދީމަގުގައި ވަނީ މި ސައިކަލް ބުރުޖަހާފައެވެ.
މި ހަރަކާތުގައި ގިނަ އަދަދެއްގެ ބަޔަކު ފަލސްީނުގެ ހައްގުގައި ތިބިކަން އަންގައިދޭ ލިޔުންތަކާއި އެކު ވަނީ ބައިވެރިވެފައެވެ.
މި ލިޔުން ކިޔާލުމުން