އައްޑޫ ސިޓީ ލިންކް ރޯޑް، މަގުތަކާއި ފެން ހިންދާ ނިޒާމު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރަން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި ހަވާލުކޮށްފިއެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރްޗަރ ގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކުރުމުގެ ސޮއިކުރެއްވީ ، މިނިސްޓްރީގެ ފަރާތުން މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރްޗަރ ޑރ. އަބްދުﷲ މުއްޠަލިބްއެވެ. ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިޔަރ ޖެނެރަލް (ރިޓަޔަރޑް) ޢަލީ ޒުހައިރު އެވެ.
އައްޑޫ ސިޓީ ލިންކް ރޯޑް، މަގުތަކާއި ފެން ހިންދާ ނިޒާމު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު މިއަދު ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތުގައި އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ ޑރ.… pic.twitter.com/X9Lb8qOoZ8
— Ministry of Construction, Housing & Infrastructure (@MoCImv) April 8, 2025
މި މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފައިވަނީ 829.7 މިލިއަން ރުފިޔާއަށެވެ. އެ އެއްބަސްވުމުގެ ދަށުން ކުރަންޖެހޭ މަސައްކަތްތައް 1440 ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ.
މި މަޝްރޫއުގެ ދަށުން ލިންކު ރޯޑު ޒަމާނީ ފެންވަރަށް ތަރައްގީކުރުމާއެކު، 67.58 ކިލޯމީޓަރުގެ ސީޓީބީ އަޅާފަައިވާ މަގުތަކުގައި ތާރު ނުވަތަ ގާ އަޅާނެއެވެ. އަދި ސ.ފޭދުގައި ފެން ހިންދުމުގެ ނިޒާމުވެސް ގާއިމުކުރުމަށްވަނީ ހަމަޖެހިފައެވެ.
ލިންކް ރޯޑު އަލުން ޒަމާނީ ފެންވަރަށް ތަރައްގީކުރުމާއެކު، ސީޓީބީ މަގުތަކުގައި ގައު އަތުރައިގެން ނުވަތަ ތާރު އަޅައިގެން މަގު ހަދާނެއެވެ. އަދި މަގުތަކުގައި ދުވާރުތައް ތަރައްގީކޮށް ފެން ހިންދާ ނިޒާމު ގާއިމުކޮށް، ރޯޑް މާކިން އަދި ސައިން ބޯޑު ހަރުކުރާނެއެވެ.
އައްޑޫ ސިޓީ ލިންކް ރޯޑް ވަނީ ވަރަށް ބޮޑަށް ހަލާކުވެ ވީރާނާވެފައެވެ.
މި ރަސްމިއްޔާތުގައި އައްޑޫ ސިޓީގެ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމްދީދީ، ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާޢީލް ނިޒާރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ސިނާން ބައިވެރިވެވަޑައިގަންނެވިއެވެ.
މި ލިޔުން ކިޔާލުމުން