އޮޅުހިޔާ ފެސިލިޓީގައި މިހާރު30 ބުޅާ ބަލަހައްޓަމުން އަންނަ ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ މިނިސްޓްރީން ހާމަކޮށްފިއެވެ.
އެ މިނިސްްޓްރީން މިއަދު ބުނީ ބުޅާ ފެސިލިިޓީގައި ކުރިން ހަރުކޮށްފައި ހުރި ދާގަނޑުތަކުން ކުދި ބުޅާތައް ނިކުންނާތީ މިހާރު އޭގެ މަތިން އެހެން ދާގަނޑެއް ހަރުކުރެވިފައިވާ ކަމަށެވެ.
We’re now caring for 30 rescued stray cats, thanks to recent upgrades like a reinforced net cover to keep our littlest escape artists safe. Every improvement helps us save more lives! 📷 #CatRescue #AnimalShelter pic.twitter.com/X4368S4TNw
— Ministry of Agriculture and Animal Welfare (@MAAWmv) April 6, 2025
މާލެ ސަރަހައްދުގެ މަގުތަކުގައި އުޅޭ ބުޅާތައް ބަލަހައްޓަން ވަކި ސެންޓަރެއް ހެދީ ސިޓީ ކައުންސިލުންނެވެ. އެކަމަކު، އެ ތަނަށް ބުޅާތައް ބަދަލުކުރަން ތައްޔާރުވެފައި ވަނިކޮށް އެނިމަލް ވެލްފެއާ މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ކެބިނެޓުން ނިންމުމުން އޮޅު ހިޔާ ބޭނުން ނުކުރެވި ދިގުލައިގެން ދިޔަ އެވެ.
އޮޅު ހިޔާ ފެސިލިޓީއާ ރަސްމީކޮށް ހަވާލުވިތާ 16 ގަޑިއިރުގެ ތެރޭގައި، އާ ކަރަންޓީނު ސަރަހައްދަށް ބޭނުންވާ ވަސީލަތްތައް ހޯދައި، ހުރިހާ ކަމެއް ފުރިހަމަކޮށްފައިވާ ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.
އެ ހިޔާގައި މި ވަގުތު ހަތަރު މީހުން މަސައްކަތްކުރެ އެވެ. އެއީ ޖަނަވާރުނަގެ ހާއްސަ ޑޮކްޓަރަކާއި އިދާރީ ތިން މުވައްޒަފުންނެވެ. ނަރުހުންނާއި އެހީތެރިކަން ދިނުމަށް ދެން އުޅޭނީ ހިލޭ ސާބަހަށް މަސައްކަތްކުރާ ބައެކެވެ.
މި ލިޔުން ކިޔާލުމުން