ސްރީލަންކާގެ ލަންކާ ހޮސްޕިޓަލްސް އިން އާސަންދައިގެ ޚިދުމަތް މެދުކެނޑިފައިވާ މައްސަލައަށް ހައްލު ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް އާސަންދައިން ވިދާޅުވެއްޖެއެވެ.
އާސަންދައިން ވިދާޅުވީ، ކޮލޮމްބޯގައި ހުންނަ ލަންކާ ހޮސްޕިޓަލްސްއިން ފަރުވާ ހޯދާ ފަރާތްތަކަށް އާސަންދައިގެ ޚިދުމަތް މިވަގުތު މެދުކެނޑިފައިވާކަމަށެވެ. އަދި މި ޚިދުމަތް މެދުކެނޑިފައިވަނީ އެ ހޮސްޕިޓަލުން ކްރެޑިޓް އުޞޫލުން ޚިދުމަތްދިނުން ހުއްޓާލުމާގުޅިގެން ކަމަށް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.
މިކަމާގުޅޭގޮތުން އާސަންދައިގެ މެނޭޖިންގ ޑިރެކްޓަރ އާމިނަތު ޒީނިއާ މީޑިއާތަކަށް ވިދާޅުވީ، މި މައްސަލައަށް ހައްލެއް ހޯދުމަށް މިހާރުވެސް މާލީ ވުޒާރާއާއެކު މަސައްކަތް ކުރައްވަމުން ގެންދަވާކަމަށާއި، މި މައްސަލަ ހައްލުކުރުމަށް ނަގާނެ މުއްދަތެއްނޭނގޭކަމަށެވެ.
އާސަންދަ ސްކީމްގެ ދަށުން ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް މިވަގުތު ފޮނުވަމުންދަނީ އިންޑިއާ އާއި ސްރީލަންކާއަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ވަޢުދާ އެއްގޮތަށް ތައިލެންޑާއި ޔޫއޭއީއަށްވެސް މި ސްކީމްގެ ދަށުން ބަލިމީހުންނަށް ޚިދުމަތް ދެވޭނެ އިންތިޒާމްތައް މިހާރު ދަނީ ހަމަޖައްސަވަމުންނެވެ.
މި ލިޔުން ކިޔާލުމުން