ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިޔުއެސްސީ) ގެ އަހަރީ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފިއެވެ.
މިގޮތުން އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ އެމްޑަބްލިޔުއެސްސީ އަށް ކުރިން ޚިދުމަތްކޮށްދެއްވާފައިވާ ފަރާތްތަކަށާއި، މިހާރުގެ ޚިދުމަތްތެރިންނަށް މަރުޙަބާއާއި ޝުކުރު ދަންނަވައިފައެވެ.
— Dr Mohamed Muizzu (@MMuizzu) April 1, 2025
މިއަދަކީ އެމްޑަބްލިޔުއެސްސީގެ 30 ވަނަ އަހަރީ ދުވަހެވެ. ރައްކާތެރި ބޯފެނާއި ނަރުދަމާގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަޤުޞަދުގައި އެމްޑަބްލިޔުއެސްސީ އަކީ 1 އޭޕްރީލް 1995 ގައި އުފެއްދި ކުންފުންޏެކެވެ.
އެ ކުންފުނިން ހާމަކުރާ ގޮތުގައި އެ ކުންފުނިން ދަނީ ދިވެހިރާއްޖޭގެ އާބާދީގެ %50 އަށްވުރެ ގިނަ ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދެމުންނެވެ.
މި ލިޔުން ކިޔާލުމުން