ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިސްލާމިކް އިން 10 ރަށެއްގައި ޢީދު ސައި ބާއްވައިފިއެވެ.
ބީއެމްއެލް އިން ބުނީ މިއީ ފިޠުރު ޢީދު ފާހަގަކުރުމަށާއި މުޖުތަމަޢުގެ ގުޅުން ބަދަހިކުރުމަށް ބޭއްވުނު ސައެއް ކަމަށެވެ.
މިގޮތުން ރަށު ކައުންސިލްތަކާއި ޖަމިއްޔާތަކާ ގުޅިގެން މިއަހަރުގެ ޢީދު ސައި ބާއްވާފައިވަނީ ރ. މީދޫ، މ. މުލި، ގއ. ގެމަނަފުށި، ހއ. ދިއްދޫ، އދ މަހިބަދޫ، ލ. ފޮނަދޫ، ވ. ކެޔޮދޫ، ހުޅުމީދޫ، ނ. ފޮއްދޫ އަދި ދ. ބަނޑިދޫގައެވެ.
މި އަހަރު ޢީދު ސައި ބާއްވާފައި ވަނީ ބީއެމްއެލް އިސްލާމިކްގެ ޚިދުމަތަށް 10 އަހަރު ފުރޭ މުނާސަބަތާ ގުޅިގެން ހިންގާ ހަރަކާތްތަކުގެ ތެރެއިން ކަމަށް ބޭންކުން ބުންޏެވެ.
ބީއެމްއެލް އިން މިދިޔަ އަހަރުވެސް ހަ ރަށެއްގައި ޢީދު ސައި ބާއްވާފައިވެއެވެ.
މި ލިޔުން ކިޔާލުމުން