ބަނގުރަލުގެ ވިޔަފާރި ކުރަމުންދިޔަ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ބަނގުރާ ބޭނުންކޮށް އަދި އޭގެ ވިޔަފާރިކުރާކަމަށް ތުހުމަތު ކުރެވޭ މައްސައަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓުން ހިންގި އޮޕަރޭޝަނެއްގައި ކ. މާލޭ، މާފަންނުގައި ހުރި ގެއެއް ބަލައި ފާސްކޮށް ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
މިގޮތުން މާރިޗު 27 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ އިންޑިއާގެ ރައްޔިތެއް ކަމަށްވާ އެލައިޔާޖާ އަރޮކިޔަސާމީ (41 އަހަރު) އެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަންގައި އެލައިޔާޖާގެ އަތުން ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެހިހުރި 21 ފުޅި ފެނިފައިވާ ކަމަށާއި، އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ ބަނގުރާ ބޭނުންކޮށް އަދި އޭގެ ވިޔަފާރިކުރާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން އެލައިޔާޖާ ޑިޕޯޓްކުރުމަށްޓަކައި އިމިގްރޭޝަނާ ހަވާލުކޮށްފައިވާއިރު، މި މައްސަލަ ފުލުހުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.
މި ލިޔުން ކިޔާލުމުން