އޮޅު ހިޔާ ފެސިލިޓީއަށް އިތުރު ބުޅާ ގެންދިއުމުގެ މަސައްކަތް މިނިސްޓްރީން އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އިން ފަށައިއިފިއެވެ.
މިނިސްޓްރީން އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އިން ބުނީ މިހާރު އިތުރު ބުޅާ ގެނައުމަށްޓަކައި، ބުޅާ ބަހައްޓާނެ ކޮށިތައް ތައްޔާރުކުރުމުގެ މަސައްކަތްތައް ކުރިއަށް ދާކަމަށެވެ.
އޮޅު ހިޔާ ފެސިލީޓީ އާއި މިނިސްޓްރީން ހަވާލުވީ މިދިޔަ މަހުގެ ތެރޭގައެވެ. މަގުމަތިން ބުޅާތައް ނެގުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، 15 ބުޅަލާއި އެކު ފުރަތަމަ ބެޗް މިހާރުވެސް ކެޓް ޝެލްޓަރއަށް ވަނީ ގެންގޮސްފައެވެ.
"'އޮޅު ހިޔާ' ފެސިލިޓީއަށް އިތުރު ބުޅާ ގެނައުމަށްޓަކައި، ބުޅާ ބަހައްޓާނެ ކޮށިތައް ތައްޔާރުކުރުމުގެ މަސައްކަތްތައް ކުރިއަށް ދަނީ pic.twitter.com/nhrOlq0f25
— Ministry of Agriculture and Animal Welfare (@MAAWmv) March 28, 2025
މާލެ މަގުތަކުގައި އުޅޭ ބުޅާތައް ރިހެބިލިޓޭޓް ކުރުމަށްޓަކައި މާލެ އާއި ހުޅުމާލޭގައި ޚާއްޞަ ޒޯންތަކެއް ގާއިމްކުރުމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ވަނީ ނިންމާފައެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހިން 5000 އަކަފޫޓުގެ ބިމެއްގައި ގާއިމުކޮށްފައިވ އޮޅުހިޔާ ނުވަތަ ބުޅާތައް ބަލަހައްޓާ ފެސިލިޓީ އަކީ އަހަރުތަކެއް ވަންދެން ރައްޔިތުންގެ ކަންބޮޑުވުމަކަށް ވެފައިވާ ބުޅާ ގިނަވުމުގެ މައްސަލައަށް ހައްލެއް ގެނައުމަށް ޤާއިމްކުރި ފެސިލިޓީއެކެވެ. މިއީ މާލޭގެ މަގުތަކުގައި އުޅޭ ބުޅާތަކުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން އަޅާ މުހިންމު ފިޔަވަޅެކެވެ.
މި ލިޔުން ކިޔާލުމުން