ދިވެހިރާއްޖެއިން ނެދަލެންޑްސަށް އަލަށް ޢައްޔަންކުރެއްވި ނޮން ރެސިޑެންޓް އެމްބެސެޑަރ އެކްސްޓްރާއޯޑިނަރީ އެންޑް ޕްލެނިޕޮޓެންޝަރީ، ގީލާ ޢަލީގެ ސަފީރުކަމުގައި ރާއްޖެއާއި ނެދަލެންޑްސްގެ ގުޅުންތައް ވަރުގަދަވެގެންދާނެކަން ޔަޤީންކުރައްވާ ކަމުގައި ޚާރިޖީ ވަޒީރު، ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
Congratulations to @AmbassadorGeela on presenting your Letters of Credence as the Non-Resident Ambassador of the Maldives to the Kingdom of the Netherlands.
I am confident that the ties of friendship and cooperation between the #Maldives and the #Netherlands will continue to… pic.twitter.com/0viG3vNAQr
— Abdulla Khaleel (@abkhaleel) March 26, 2025
މިގޮތުން ވަޒީރު ވަނީ ސަފީރުކަމުގެ ފަތްކޮޅު ނެދަލަންޑްސްގެ ރަސްގެފާނު، ހިޒް މެޖަސްޓީ ކިންގް ވިލެމް-އެލެގްޒެންޑަރަށް އެރުވުމާ ގުޅިގެން ސަފީރު ގީލާއަށް މަރުޙަބާ ދަންނަވައިފައެވެ.
އަދި ގީލާގެ ސަފީރުކަމުގެ ދައުރުގައި ރާއްޖެއާއި ނެދަލެންޑްސްގެ ދެމެދުގައި އޮތް ރަހުމަތްތެރިކަމާއި އެއްބާރުލުމުގެ ގުޅުންތައް އިތުރަށް ވަރުގަދަވެގެންދާނެކަން ޔަޤީންކުރައްވާ ކަމުގައި ވަޒީރު ވިދާޅުވިއެވެ.
ގީލާ ޢަލީ، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ނެދަލަންޑްސްގެ ރަސްގެފާނު، ހިޒް މެޖަސްޓީ ކިންގް ވިލެމް-އެލެގްޒެންޑަރަށް އަރުވާފައިވަނީ އިއްޔެއެވެ.
ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށްފަހު ރަސްގެފާނާ ބައްދަލުކުރައްވައި ސަފީރު ގީލާ ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން، ނެދަލެންޑްސްގެ ސަރުކާރަށާއި ރައްޔިތުންނަށް ސަލާމާއި ހެޔޮއެދުންތައް އަރިސްކުރައްވައިފައެވެ.
މީގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތަކާއި އިއާދަކުރަނިވި ހަކަތައާއި ދެމެހެއްޓެނިވި ތަރައްޤީ ފަދަ ދެ ޤާއުމުގެ މަސްލަހަތު އޮންނަ ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރުމަށާއި، ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުންތައް އިތުރަށް ބަދަހިކުރުމަށް ދިވެހި ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަންވެސް ސަފީރު ގީލާ ވަނީ ދެއްވައިފައެވެ.
މި ބައްދަލުވުމުގައި ސަފީރު ގީލާގެ އަރިހުގައި އެކަމަނާގެ ފިރިކަލުން ޢަބްދުﷲ މުޝްރިފް އަދި ބްރަސެލްސްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ފަސްޓް ސެކްރެޓަރީ، މުޙައްމަދު ޝައްފާޢު އިބްރާހީމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ޚާރިޖީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި ސަފީރު ގީލާ ދަ ހޭގަށް ކުރައްވާ ދަތުރުފުޅުގައި ނެދަލެންޑްސްގެ ޚާރިޖީ ވުޒާރާގެ އިސް އޮފިޝަލުންނާވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ލިޔުން ކިޔާލުމުން